ބޭރު ކުޅިވަރު

ސިޓީއަށް އެންމެ އެކަށީގެންވާ ކޯޗު ކަމުގައި އަހަރެން ނުވެދާނެ

Jan 21, 2017
1

އެއް ހައިސިއްޔަތަކުން އޭނާ އަކީ މެންޗެސްތާ ސިޓީ އަށް އެންމެ އެކަށީގެން ނުވާ ކޯޗް ކަމުގައި ވެދާނެ ކަމަށް އެ ޓީމުގެ ކޯޗް ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ސިޓީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތަރު މެޗުން ބަލިވެ ފައެވެ.

މިރޭ ޓޮޓަންހަމްއާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން މީޑއާގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާ އަށާއި އޭނާގެ ސްކޮޑަށް އެ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

ގާޑިއޯލަ ބުނީ އޭނާ ސިޓީ ކޯޗް ކަމާ ހަވާލުވާން އައިއރު މީހުންގެ އުންމީދުތައް މާ މަތީގައި ހުރުން އެކަށީގެންވާ ކަމަށެވެ.

"ފަހަރެއްގައި މީހުން އަހަންނާ މެދު ކުރާ އުންމީ މާ ބޮޑަށް މަތީގައި އުންމީދުތައް ހުރެދަނެ، އެއީ ފުރަތަމަ 10 މެޗުން ޖެހިޖެހިގެން މޮޅުވީމަ މީހުންނަށް ހީވެދާނެ މާބޮޑު ކަމަކަށް،" ގަޑިއޯލާ ބުންޏެވެ. "ފަހަރެއްގައި ވެދާނެ މި ޓީމުގެ މިއޮތް ސްކޮޑަށް އަހަންނަކީ އެންމެ އެކަށީގެން ނުވަ ކޯޗް ކަމަށް."

ފުރަތަމަ 10 މެޗުން ޖެހިޖެހިގެން މޮޅުވުމަށްފަހު، ދެން އައި މެޗުން އެއްވަރުވެ މޮޅުވުމުގެ ސިލްސިލާ އަށް ނިންމުން އައުމުން، ގާޑިއޯލާ ބުނީ އޭނާ ހީކުރި ހިސާބަށް ނުދެވުނު ކަމަށެވެ.

ސްޕެއިން އާއި ޖަރުމަންގެ ލީގްގައި މަސއްކަތް ކުރި ގާޑިއޯލާ އަށް ވަނީ އެ ދެގައުމުގެ އެންމެ މަތީ ލީގްގައި ހަ ތަށި ހޯދާފަ އެވެ. އަދި ހަތަރު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ޗެމްޕިއަންސް ލީގު ދެ ފަހަރަށް ކާމިޔާބު ކުރި އެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި އޭނާ އަށް ކުރިމަތިވީ އެހެން ހަލަތެކެވެ.

"މިއީ އަހަރެން މިހާލަތަށް ވެއްޓުނު ފުރަތަމަ ފަހަރު، އަހަރެން ބޭނުން މިކަން ހައްލު ކުރަން އެކަމަކު އަހަރެން ނުބުނާނަން އަހަރެންގެ ކުޅުންތެރިން ރަނގަޅު ނޫނޭ."

ސީޒަންގެ ފުރަތަމަ ބަލި ވެސް، ސިތީ އަށް ކުރިމަތިވީ ޓޮޓަންހަމްގެ އަތުން ނެވެ. އެހެންވެ މިރޭގެ މެޗުގައި އެކަމަށް ގާޑިއޮލާ ސަމާލުކަން ދެނެ އެވެ.