ރެއާލް މެޑްރިޑްގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ޑިފެންޑަރު މާސެލޯ ވިއޭރާ އާއި ލުކަ މޮޑްރިޗަށް ކުރިމަތިވި އަނިޔާއާ ގުލިގެން އެއް މަހަށް ކުޅުމާ ދުރައް ދާން ޖެހިއްޖެ އެވެ.
މި ދެކުޅުންތެރިންނަށް ވެސް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަލަގާ އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާވުމުން، ޒިދާން އަށް ޖެހުނީ ދެ ކުޅުންތެރިން ވެސް ބަދަލު ކުރާ ށެވެ.
މި ދެކުޅުންތެރިންނަށް އަނިޔާ ވުމުން، ސީރިއަސް އަނިޔާގައި ތިބި ޒިދާންގެ މުހިންމު ކުޅުންތެރިންގެ ލިސްޓް ތިނަކަށް އެރީ އެވެ. ވޭލްސްގެ ގެރެތު ބޭލް އަށް މިދިޔަ ނޮވެމްބަރު މަހު ލިބުނު އަނިޔާ އާ ގުޅިގެން، ރެއާލްގެ އެޓޭކިން ގެ އެންމެ މުހިންމު ތިން ކުޅުންތެރިންގެ ކޮމިބިނޭޝަން ނުފެންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މީގެ އިތުރުން، ޑިފެންޑަރު ޑެނީ ކަރަވަހާލް އަށް ވެސް ސީރިޔަސް އަނިޔާ އެއް ނޫން ނަަމަވެސް، ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވަނީ ކުރިމަތި ވެފައެވެ.
މާސެލޯ އާއި މޮޑްރިޗަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަ އިތުރަށް ދެނެގަތުމަށް މާދަމާ އިތުރު ޓެސްޓްތައް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މޮޑްރިޗް ނެތްތަން ފޫބެއްސުމަށް، އިސްކޯ ނުވަތަ ހަމޭސް ރޮޑްރިގޭޒް ބޭނުން ކުރުމުގެ އިހްތިޔާރު ޒިދާން އޮތް ނަަމަވެސް، މާސެލޯ އަށް އަނިޔާ ވުމަކީ، އޭނާގެ ޖާގަ ފޫބައްދަން ޒިދާން އަށް އިތުރު ވިސްނުންތައް ވިސަނަން ޖެހޭނެ ކަމެކެވެ. ކަރަވަހާލް އަށް ފިޓްނަސް މައްސަލަ ކުރިމަތި ވެފައިވާ އިރު، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލިގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި، ޕޯޗްގަލްގެ ޑިފެންޑަރު ޕެޕޭ މި ސީޒަންގައި އަނިޔާގައި ހޭދަ ކުރުމަކީ މަސެލޯ ނެތްތަން ފޫބައްދަން ޒިދާން އަށް އުނދަގޫ ވާނެ ކަމެކެވެ.
"މިއީ އަހަންނަށް އެކަމަ ފިކުރު ކުރަން މަޖުބޫރު ވެއްޖެ ކަމެއް އަނިޔާ ގައި ތިބި ކުޅުންތެރިންގެ އަދަދު އިތުރު ވުމަކީ ވަރަށް ބޮޑު ކަންބޮޑު ވުމެއް." ޒިދާން ބުންޏެވެ.
މިދިޔަ މަހު ފަހު ކޮޅު ބޭއްވި ކުލަބު ވޯލްޑް ކަޕްގެ ފަހުން ރެއާލްގެ ލޫކަސް ވަޒްކޭޒް އަށް ވެސް ވެސް ވަނީ އަނިޔާ ވެފައެވެ.
ރެއާލް އަށް ކުރިއަށް ހުރި މެޗު ތަކަކީވެސް އުނދަގޫ މެޗު ތަކެކެވެ. އަންނަ ބުދަ ދުވަހުގެ ރޭ ސެލްޓަވިގޯ އާ ދެކޮޅަށް ކުޅޭ މެޗުން އެއް ވަރު ވިޔަސް ރެއާލް ސްޕެނިޝް ކަޕުން ކަޓާނެ އެވެ. އެއީ އެ ޓީމާ ދެކޮަޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި ބަލިވެފައި ވުމުން ނެވެ. އަދި ލީގްގައި ވެސް ރެއާލް އަށް ހުރީ އުނދަގޫ މެޗު ތަކަކެވެ. މިގެ އިތުރުން އަންނަ މަހުގެ 16 ވަނަ ދުވަހު ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރު މެޗުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުލެން ޖެހޭ މެޗުވެސް އެބައޮތެވެ. އެ މެޗުގައި ވެސް މަސެލޯއާއި މޮޑްރިޗަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ.