ޗެލްސީގެ ކޯޗް އެންޓޮނިއޯ ކޮންޓޭ އާއި ފޯވަޑް ޑިއޭގޯ ކޮސްޓާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ވާހަކަ ދެކެވި ފައި ވަނިކޮށް، މެދުކެނޑުމަކަށް ފަހު އޭނާ ކުޅުނު މެޗުގައި ހަލް ސީޓީގެ މައްޗަށް 2-0 މޮޅުވެ ލީގް ތަވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑް ފުޅާ ކޮށްދީފި އެވެ.
ރޭ އާސެނަލް ވެސް ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި އެލްކްސިސް ސަންޗޭޒް ކާމިޔާބު ކޯށްދިން ލަނޑުން 2-1 މޮޅުވެ އެޓީމު ވެސް ވެސް ތާވަލުގެ ދެ ވަނަ އަށް ޖެހި ލާފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ބޮޑު ބައެއް އާސެނަލް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
އެއީ މެޗުގެ 64 ވަނަ މިނެޓްގައި ބާންލީގެ ސްޓީވަން ޑިފޯ އަށް ބޯޅަ ނެތި ފައުލު ކުރި ކަމަށް ބަލައި މެޗުގެ ރެފްރީ، އާސެނަލްގެ މިޑްފީލްޑާ ގްރެނިޓް ޒަކާ އަށް ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާ ލުމުން ނެވެ. އަދި އެ ރަތް ކާޑާ ގުޅިގެން އޭނާ ވަނީ ހަތަރު މެޗުގެ ސަސްޕެޝަނެއް ކުރިމަތި ވެފަ އެވެ.
ޒަކާ އަށް ގެއްލޭނެ މެޗުތަކުގެ ތެރޭގައި އަންނަ މަހު ހަތަރު ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗް ފާހަގަ ކޮށްލެވެ އެވެ.
މެޗުގައި އާސެނަލް އަށް ލީޑް ނަގީ މެސްޓް އޮޒިލް ނެގި ކޯނަރަކުން ޑިފެންޑާ ޝޮކްޑްރާން މުސްތަފީ ބޮލުން ކާމިޔާބު ކުރި ލަނޑުން ނެވެ.
މެޗްގެ 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު އަށް މިނެޓްގެ ތެރެއިން ތިން ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އެއްގައި އެންޑްރޭ ގްރޭ ވަނީ ބާންލީ އަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.
އާސެނަލް މޮޅު ކޮށްދިން ލަނޑުވެސް އެލެކްސިސް ސަންޗޭޒް ކާމިޔަބު ކުރީ 98 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އަކުން ނެވެ.
ޗެލްސީ އާއި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި ކޮސްޓާ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ފުރތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ކުޅުނު ހަތް ވަނަ މިނެޓް ގައެވެ.
ޗެލްސިގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ގެރީ ކޭހިލް އެވެ.
ޗެލްސީ އެއް ވަނައިގައި އޮތީ 55 ޕޮއިންޓް ހޯދައިގެން ނެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 47 ޕޮއިންޓެވެ.