ހަބަރު

އަރަބި، އިސްލާމް ޓީޗަރުން ތާޒާ ކުރާ ޕްރޮގްރާމެއް ފަށައިފި

Jan 23, 2017

ސްކޫލްތަކުގައި އަރަބި ބަހާއި އިސްލާމް ކިޔަވައިދޭ ޓީޗަރުން ތާޒާ ކުރަން މަސައްކަތު ބައްދަލުވުމެއް މިއަދު މާލޭގައި ފަށައިފި އެވެ.

މިއީ ރާއްޖޭގެ ސްކޫލްތަކުގައި އަރައްބާއި އިސްލާމް ކިޔަވައިދޭ ދިވެހި ޓީޗަރުން، ކިޔަވައިދިނުމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމަށާއި ގައުމީ މަންހަޖުގެ ތެރެއިން އިސްލާމީ ރީތި އުސޫލުތައް ކިޔަވައި ދިނުމަށް ޓީޗަރުން އަހުލުވެރި ކުރަން ފެށި ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ އެކި ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައިދޭ 25 ޓީޗަރުން ބައިވެރިވެފައިވެ އެވެ.