ބޮލީވުޑް

"ކޯން ބާނޭގާ ކްރޯޑް ޕަތީ" ދެން ހުށަހަޅައިދޭނީ ރަންބީރު!

Jan 24, 2017
1

ސޮނީ ޓީވީއިން ދައްކާ އިންޑިއަން ޓެލެވިޒަން ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ދެން ފަށާ ސީޒަން ހޯސްޓް ކުރާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މި ޝޯގެ އަށް ސީޒަނެއް މިހާތަނަށް ދައްކާފައިވާއިރު، މި ޝޯގެ ހަތް ސީޒަނެއް މެގަސްޓާ އަމީތާބް ބައްޗަން ވަނީ ހުށަހަޅައިދީފަ އެވެ. އަދި އެއް ސީޒަން ސުޕަސްޓާ ޝާހްރުކް ޚާން ވެސް ވަނީ ހުށަހަޅާދިފަ އެވެ.

ދެހާސް ހަތްވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ރަންބީރު މީގެ ކުރިން އެއްވެސް ޓީވީ ޝޯއެއް ހުށަހަޅައިދީ ނުވަތަ ބައިވެރި ވެސް ވެފައި ނުވާއިރު، "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ހޮސްޓްގެ ގޮތުގައި އޭނާ ފެނިގެން ގޮސްފިނަމަ މި ޝޯ ވެގެންދާނީ އޭނާގެ ޓީވީ ޑެބިއު އަށެވެ.

ޔޫކޭ އަށް ނިސްބަތްވާ ޓީވީ ގޭމް ޝޯ "ހޫ ވޯންޓް ޓު ބީ އަ ބިލިއަނާ" ގެ އަސްލަކަށް ބަލައިގެން އިންޑިއާއިން އުފެއްދި "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ފުރަތަމަ ސީޒަން 2000 ވަނަ އަހަރު ދައްކުމަށްފަހު ދެވަނަ ސީޒަން އަލުން ދައްކަން ފަށާފައިވަނީ އޭގެ ފަސް އަހަރު ފަހުން 2005 ގަ އެވެ. އަދި މި ޝޯގެ ނުވަ ވަނަ ސީޒަންގެ ހޮސްޓެއްގެ ގޮތުގައި ރަންބީރު އަންނަ އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ އަށް ވަނަ ސީޒަން ދައްކާފައިވަނީ 2014 ވަނަ އަހަރު އެވެ.

އެޕްރީލް މަހުގެ 7 ވަނަ ދުވަހު ރަންބީރު އާއި ކެޓްރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ރިލީޒްވާއިރު، އޭނާ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ވެސް ފަށާފަ އެވެ.