މިދިޔަ އާދިއްތަ ދުވަހު ބާންލިއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗްގެ އެންމެ ފަހު ވަގުތުގައި، ބަދަލު ރެފްރީ އެންތޮނީ ޓޭލާއާއަށް ނިސްބަތްކޮށް ބޭ އަދަބީ ގޮތަކަށް މުއާމަލާތް ކޮށްފައި ވާތީ، އެއް މެޗުގައި ޓީމަށް އިރުޝާދު ދޭން ނުހުރެވޭ ގޮތަށް އާސެނަލްގެ ކޯޗް އާސެން ވެންގާއަށް އަދަބު ދީފި އެވެ.
އެ މެޗުގެ އިތުރު ވަގުތުގައި، ބާންލީއާ ދިން ޕެނަލްޓީއާ މެދު ހިތްހަމަނުޖެހިގެން، ވެންގާވަނީ ބަދަލު ރެފްރީ އެންތޮނީ ކައިރިއަށް ގޮސް ޒުވާބުކޮށްފަ އެވެ. އަދި ވެންގާ ބެންޗަށް ދާން ބުނުމުންވެސް ވެންގާ ވަނީ އެކަމަށް ދެކޮޅު ހަދާކަން ދައްކާފަ އެވެ. އަދި އެނާ ވަނީ އެންތޮނީ ގައިގައި ހިފާ ދެ ފަހަރަށް ކޮއްޕާލާފަ އެވެ.
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރެފްރީ އަށް ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރަށް ފިޒިކަލީ ވެސް ރެފްރީއާ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.
މިއަދަބު އިސްތިއުނާފު ކުރުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެންގާ އަށް އޮންނާނެ އެވެ. ވެންގާ އަށް އެންމެ ފަހުން އަދަބެއް އައިސްފައިވަނީ 2012 ވަނަ އަހަރު ޔޫއެފްއާ ޗެމްޕިއަންސް ލީގްގަ އެވެ. އެފަހަރު ތިން މެޗުގައި ޓީމަށް އިރުޝަދު ނުދެވޭ ގޮތަށް އޭނާ އަށް އަދަބު ދިނެވެ.