ލައިފްސްޓައިލް

ކުޑަ ދަރިފުޅު އިނގިލި ބޮއެތަ؟

Jan 25, 2017

ކުޑަ ދަރިފުޅު އިނގިލި ބޯ މައުލޫ އަކީވެސް ބެލެނިވެރިން އެ މައުލޫއަކަށް ބަހުސް ކޮށްކޮށް ކޮޅުން ނުލާ އޮތް މަައުލޫ އެކެެވެ. ގުދުރަތީ ގޮތުން ކުދިން ގައިގައި ހިފާ މި ނުރަނގަޅު އާދައިން ދުރުކުރަން ކުރެވިދާނެ ގިނަ ކަންތައްތަކެއް ބަލައި އެކަަންތައްތައް ކުރެ އެވެ. އެކި ފަރުވާއިންވެސް އެކަން ހައްލުނުވެ ބައެއް ބެލެނިވެރިން ދޫކޮށްލަނީ އެވެ. އުމުރުން ވަކި ވަރަކަށްވުރެ ބޮޑު ވީމަ ހުއްޓޭނެ ކަމަށް އުންމީދުކޮށްފަ އެވެ.

އިނގިލި ބުއިމަކީ ބައެއް ކުދިން ނިކަން ފަސޭހައިން ނިންދަވާލާ ކަމެކެވެ. ތަޖުރިބާ ކާރުން ބުނަނީ ކުއްޖާގެ އުމުރުން ހަތަރު ނުވާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ތުއްތު އިރުން ފެށިގެން އިނގިލި ބޯ ކުދިން އުމުރުން އަށް އަހަރު ނުވަތަ ނުވަ އަހަރަށް އެޅިގެންދާއިރު ވެސް އެ އާދަ ދޫކޮށްނުލާ ނަމަ ބެލެނިވެރިން ކަންބޮޑުވާން ޖެހެއެވެ. މިއީ ދަތުގެ މައްސަލަތައް ކުދިންނަށް ކުރިމަތި ކުރުވާ ކަމަކަށްވެސްވެ އެވެ. އަދި އެފަދަ ކުދިންނަކީ އިޖްތިމާއި ގޮތުން މާ ހަރަކާތްތެރި ކުދިންނަކަށްވެސް ނުވެ އެވެ. މީގެ އިތުރުން ވާހަކަ ދެއްކުމުގައިވެސް މައްސަލަތަކެއް ކުރިމަތިވެ ވާހަކަ ދައްކަން އުނދަގޫވެ އެވެ.

ނަމަވެސް އާންމުކޮށް ކުއްޖާގެ އުުމުރުން ދެއެއް ނުވަތަ ތިން އަހަރު ވުމުން އެ އާދަ އަމިއްލައަށް ހުއްޓެ އެވެ. އިނގިލި ބޯ ކުދިން އާންމުކޮށް އެކުދިންގެ އުމުރުން ހަ މަހުން ފެށިގެން މަޑުމަޑުން އިނގިލި ބުއިން މަދުކުރެ އެވެ.

ކުއްޖާގެ އުމުުރުން ހަތަރު އަހަރު ވުމަށްފަހު އިނގިލި ބޯ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކުއްޖާގެ އުމުރުން ދެ އަހަރު ފެށިގެން އެ އާދަ ނުހުއްޓައިފިނަމަ ގޭގައިވެސް އެ އާދަ ހުއްޓުވަން މަސައްކަތް ކުރެވިދާނެ އެވެ. އާންމުކޮށް ކުއްޖާ އިނގިލި ބޮނީ ނިދާ ގަޑީގައި ކަމަށްވާނަމަ ކުއްޖާ ނިންދަވާއިރު އަންގިއެއް އަތަށް ލެއްވިދާނެ އެވެ. ނުވަތަ އިނގިލީގައި ބެންޑޭޖް ކަހަލަ އެއްޗެއް އޮޅާލާށެވެ. އަދި މަޑުމަޑުން ކުއްޖާއަށް ވިސްނޭނެ ހެން އިނގިލި ނުބޯން ވިސްނައިދޭށެވެ. އެއީ ހަޑި ކަމެއް ކަމަށް ބުނެ ކުއްޖާއަށް ނަސޭހަތްތެރި ވެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެެވެ.