ލައިފްސްޓައިލް

މިއޮތީ ދަރިފުޅުގެ ނަތީޖާ ރަނގަޅު ކުރާނެ ގޮތެއް

Jan 26, 2017

ކުއްޖާގެ ކިޔެވުމާއި އެކުދިން ކާ އެއްޗެއްސާއި އޮންނަ ގުޅުމުގެ ވާހަކަ އަބަދު ވެސް ދެކެވެ އެވެ. ނަމަވެސް ބައެއް ފަހަރަށް މިކަމަށް ފަރުވާ ކުޑަކޮށްލެވޭ ތަން ވެސް އާދެ އެވެ. އަދި ކުއްޖާގެ ނަތީޖާ ދަށްވުމުން ހުރިހާ ރޯޅިއެއް ބަލާލެވެނީ ވެސް އެ ދަރިފުޅާ ދިމާލަށެވެ. ނަމަވެސް އަމިއްލަ އަށް ދަރިންނަށް ކައްކާފައި ކާންދޭ އެއްޗިއްސާއި އެކުދިންގެ ކިޔެވުމާއި ވަރަށް ބޮޑު ގުޅުމެއް އޮވެ އެވެ. ހާއްސަކޮށް ކުއްޖާ ސުކޫލަށް ދިއުމުގެ ކުރިން ރަނގަޅު ކާނާ ކާން ދިނުމަކީ ކުއްޖާގެ މުޅި ދުވަހުގެ މަސައްކަތް ރަނގަޅުވެގެންދާނެ ކަމެއްކަން ޔަގީނެވެ.

އެކްސްޕާޓުން ވިދާޅުވާ ގޮތުގައި ސްކޫލަށް ދާ އުމުރުފުރައިގެ އަންހެން ކުދިންގެ ކެއުމުގައި ކޮންމެހެން ވެސް ފެހި ފަތާއި ތަރުކާރީ އަދި ނަޓްސް ހިމަނަންޖެހެ އެވެ. މިއީ ކުއްޖާ ފިޒިކަލީ ވަރުގަދަކޮށްދީ އަދި ކިޔެވުމަށްވެސް އިތުރު ކުރިއެރުން ލިބި ޕާފޯމަންސް ރަނގަޅުވެގެންދާނެ ކަމެކެވެ.

ނެބްރޭސްކާ ލިންކަން އެންޑް ޕެންސުވޭނިއާ ސްޓޭޓް ޔުނިވަސިޓީން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ކުދިންގެ ފިޓްނަސް އަދި އަޔަން ލެވެލް ތަފާތު ވުމަކީ ކުދިން ހޯދާ ނަތީޖާއަށް ބަދަލު އަންނަ ކަމެއް ކަމަށެވެ.

ކުއްޖާގެ ކެއުމުގައި އަޔަން ހިމެނޭ ކާ އެއްޗެހި ހިމެނުމަކީ ހަށިގަނޑަށް ރަނގަޅަށް އޮކްސިޖަން ފޯރުކޮށްދީ އަދި ކުދިންގެ ވިސްނުން ތޫނުކޮށްދޭ ކަމެއް ކަމަށެވެ.

ސަތޭކަ ފަސް އަންހެނަކު ބޭނުންކޮށްގެން އެ ޔުނިވަސިޓީން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ހަށިގަނޑުގައި އަޔަން ސްޓޯ ކޮށްފައި ހުންނަ މިންވަރު އިތުރު އަންހެންނުން ހޯދާ ނަތީޖާ ރަނގަޅުވެފައި އެމީހުން ފިޒިކަލީ ވެސް ވަރުގަދަ ކަމަށެވެ. އަދި ދަށް ނަތީޖާ ހޯދި މީހުންގެ އަޔަން ލެވެލް ދަށް ވުމުގެ ސަބަބުން އެމީހުން ފިޒިކަލީ ވެސް ދަށް ކަމަށެވެ.

އެ ދިރާސާގައި އަދި ބުނެފައިވަނީ ކުއްޖާ ހޯދާ ނަތީޖާއާ އެކުދިންގެ ފިޓްނަސްއާ ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށެވެ. އެގޮތުން ސްކޫލަށްދާ އުމުރުގެ ކުދިން ރަނގަޅު ސިއްހަތެއްގައި ހުރުން މުހިންމު ކަމަށެވެ. މިއީ ކުއްޖާގެ ޕާފޯމަންސް އިތުރުކޮށްދީ ކިޔެވުމުގައި ހޯދާ ގްރޭޑް ރަނގަޅު ކޮށްދޭނެ ކަމެކެވެ.