މަރު

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ ބާރް ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަރަދޫ ފޭދޫއާއި ފޭދޫ ގުޅޭ ކޯސްވޭގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު 12:08 ގައި ހިނގި އެ އެކްސިޑެންޓްގައި މަރުވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ ކަމަށެވެ. އެ އެކްސިޑެންޓްވީ އިރު ސައިކަލްގެ ފަހަތުގައި މީހަކު ނެތެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެކްސިޑެންޓްވި ޒުވާނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާ މަރުވެފައިވަނީ މޭކަށިގަނޑަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ. އޭނާގެ މޭކަށިގަނޑުގެ ބައެއް ޗިސްވެ، އެތެރެއަށް ލޭ ފައިބާފައިވާ ކަމަށްވެ އެވެ.