އެމްޑީޕީ

އެމްޑީޕީގެ އިސް ބޭފުޅުންނާ ނަޝީދު ލަންކާއިން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގައި އެމްޑީޕީގެ އިސް ފަރާތްތަކާ މިއަދު ހަވީރު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްޑީޕީއިން މިއަދު ބުނީ، އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ. އެ ޕާޓީން ބުނީ، ބައްދަލުވުމާއި މަޝްވަރާކުރެވުނު ކަންކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނީ އިއްތިހާދުވެފައިވާ ޕާޓީތަކާ އެކަންކަން ހިއްސާކުރުމަށްފަހު ކަމަށެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންނެވި އިރު އެމްޑީޕީގެ ޗެއާޕާސަންކަމުންނާއި ނަޝީދު އުފެއްދެވި އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރު ކަމުން އަލީ ވަހީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.