ވިޔަފާރި

ރެއިންބޯ އިޔާ އެންޑް ސޭލްގެ ނަސީބުވެރިން ހޮވައިފި

މިދިޔަ އަހަރުގެ ނިމުން ފާހަގަ ކުުރުމަށް ރެއިންބޯ އިން ކުރިއަށް ގެންދިޔަ "އިޔާ އެންޑް ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އަގުހުރި އިނާމްތައް ހިމަނައިގެނެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން ފެށިގެން މިމަހުގެ 10 ގެ ނިޔަލަށެވެ.

ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވާ އައިފޯން ސެވަން ލިބުނީ ކޫޕަން ނަންބަރު 11473 އަށެވެ. ދެވަނަ އިނާމަކަށް ކަނޑައަޅާފައިވާ ރެޑް އެޕަލް ސޯފާ ސެޓް ލިބުނީ ކޫޕަން ނަންބަރު 45330 އަށެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައިވާ އެލްޖީ 9000 ބީޓީޔޫގެ އިންވާޓާ އެއާ ކޮންޑިޝަނާ ލިބުނީ ކޫޕަން ނަންބަރު 31452 އަށެވެ.