ވިޔަފާރި

އޭސް ހާޑްވެއާ "ބޮޑު ފަހެއް" ޕްރޮމޯގެ ނަސީބުވެރިން ހޮވައިފި

Feb 2, 2017

ރާއްޖޭގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ސުޕަމާކެޓް ޗެއިން، އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުން ކުރިއަށް ގެންދިޔަ "ބޮޑު ފަހެއް" ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައި އެ ފަރާތަކަށް އިނާމް ހަވާލުކޮށްފި އެވެ.

އޭސް ހާޑްވެއާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ބޮޑު ފަހެއް ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައި ހިންގި ލައިކް އެންޑް ކޮމެންޓް މުބާރާތުގެ ނަސީބު ވެރިޔަކަށް ހޮވުނީ އަލީ ރަޝީދު އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ ލިޓަސް ގެ ފަރާތުން ހަދިޔާކުރި، ޔަމަހާ ޖީޓީ 125 މަރުކާގެ ސައިކަލެކެވެ.

އެ ސުޕަމާޓްގެ ފިހާރަތަކުން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ، ލަކީ ޑްރޯގެ ނަސީބުވެރިޔަކަށް ހޮވުނީ، މިފްޒާލް ލަތީފް އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބުނީ، މެގަ މޯލްޑިސް އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން އޭނާ ބޭނުން މަންޒިލަކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެވެ. އެ ގައުމުތަކުގެ ތެރޭގައި ހޮންގް ކޮންގް، ކުއަލަ ލަންޕޫރް، ޝެންހާއި، އަދި ބެއިޖިން ހިމެނެ އެވެ.

ބޮޑު ފަހެއް ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އިން ވަނީ ފެންވަރު ރަނގަޅު މުދާ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށް ދީފަ އެވެ. އެ ޕްރޮމޯޝަން ކުރިޔަށް ދިޔައީ މިދިޔަ އަހަރު ޑިސެމްބަރު އެކަކުން 31 ގެ ނިޔަލަށެވެ.