ހަބަރު

ސަޢޫދީން ރާއްޖެއަށްދޭ މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރު ކުރަން މަޝްވަރާކޮށްފި

Mar 19, 2015

ސަޢޫދީން ރާއްޖެއަށްދޭ މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކޮށް، ފުޅާ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ރައީސް ޔާމީނާއި ސަޢޫދީ އެޑިޔުކޭޝަން މިނިސްޓަރު ޢައްޒާމް ބިން މުހައްމަދު މަޝްވަރާ ކުރައްވައިފިއެވެ.

ދެ ބޭފުޅުންގެ މި މަޝްވަރާތައް ކުރެއްވީ، ރައީސް ޔާމީންގެ އަރިހަށް އިއްޔެ މިނިސްޓަރު އައްޒާމް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރޭގަ އެވެ،

ރައީސް ޔާމީންގެ ސައުދީ ދަތުރުފުޅުގައި ސައުދީގެ އެހެން ބައެއް ވަޒީރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވިއެވެ. އޭގެ ތެރޭގައި ޑިފެންސް، މިނިސްޓަރު މުޙަންމަދު ބިން ސަލްމާން އާލް-ސަޢުދާއި، މިނިސްޓަ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް، ޢަލީ ބިން އިބްރާހީމް އާލް- ނަޢީމީއާއި، މިނިސްޓަ އޮފް ފިނޭންސް، އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް- ޢައްސާފާއި، މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، އިންޑޯމެންޓްސް، ކޯލް އެންޑް ގައިޑެންސް، ޞާލިޙް ބިން ޢަބްދުލްޢަޒީޒް ހިމެނެ އެވެ.

ވަކިވަކިން އޮތް މި ބައްދަލު ކުރެއްވުންތަކުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުން، އެބޭފުޅުންގެ ވުޒާރާތަކުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.