ވިޔަފާރި

ދިރާގުން އިތުރު 21 ރަށަކަށް ތްރީޖީގެ ހިދުމަތް ދޫކޮށްފި

Mar 19, 2015

ރާއްޖޭގެ އެންމެ ބޮޑު އެއް މޮބައިލް ކުންފުނި، ދިރާގުން ރާއްޖޭގެ އިތުރު 21 ރަށަކަށް ތްރީޖީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ކުންފުނީގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދޫކޮށް ނިންމާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

"މިހާރު ކުރެވެމުންދާ އެންމެ ބޮޑު މަސައްކަތަކީ ތްރީޖީގެ ހިދުމަތް ފުޅާކުރުން. އާބާދީގެ 100 ޕަސެންޓަށް މި ހިދުމަތް ފުޅާކުރުން،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު 186 ރަށަކަށް ތްރީޖީގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ވެސް މި ޕްރޮޖެކްޓް ހިންގުމަށް 10 މިލިއަން ޑޮލަރު ވަނީ ހަރަދު ކުރެވިފައި. މި އަހަރު ވެސް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ވަރު ގާތްގަނޑަކަށް ހަރަދު ކުރާނަން،" އިސްމާއިލް ވިދާޅުވި އެވެ.