ވިޔަފާރި

އުރީދޫން ރީޗާޖު އެންޑް ވިން ޕްރޮމޯޝަން ފަށައިފި

Mar 19, 2015

އުރީދޫން "ރީޗާޖު އެންމެ ވިން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އުރީދޫން ބުނީ މިޕްރޮމޯޝަންގައި ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖުކޮށް އުރީދޫގެ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްގެން ގިނަ އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖުކޮށް އުރީދޫގެ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިޕްރޮމޯޝަން ކުރިއަށްދަނީ މިމަހުގެ 17 އިން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އުރީދޫގެ ކޮމާޝަލް ޑިރެކްޓަރު އެސްޕީ ސަރަތީ ވިދާޅުވީ ކަސްޓަމަރުންނަށް ގިނަގުނަ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ޑޭޓާ ޕެކޭޖުތައް މެދުވެރިކޮށް މިހާރު 211 ޖީބީ އާއި ހަމައަށް އެލަވަންސް ލިބިލައްވާއިރު މިހާރު ކަސްޓަމަރުންނަށް އޮންލައިން ކޮމިއުނިޓީ އާއި ކަނެޓްކޮށްގެން އޭގެ އިތުރުންވެސް އޮންލައިންކޮށް ގިނަގުނަ ބޭނުންތައް ކުރެވޭނެ،" ސަރަތީ ވިދާޅުވި އެވެ.