ވިޔަފާރި

ހިތްގައިމު ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ރެއިންބޯއިން ފަށައިފި

Feb 9, 2017

އަގުހުރި ހިތް ގައިމު ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ރެއިންބޯއިން މިއަދު ފަށައިފި އެވެ.

ރެއިންބޯ އިން ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ޕޭޖްގައިވާޕްރޮމޯޝަންގެ ޕޯސްޓަށް ކޮމެންޓް ކުރުމަށް ފަހު، އެ މީހެއްގެ އަމިއްލަ ޕްރޮފައިލަށް ޝެއާ ކުރުމުން ކަމަށެވެ. ކޮމެންޓް ކުރާއިރު މަދުވެގެން ފަސް މީހަކު ޓެގް ކުރަން ޖެހެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނި އަންނަ މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތަކަށް ކިންގް ސައިޒްގެ ބޮޑު ބެޑްރޫމް ސެޓެއް ދޭނެ އެވެ.

ރެއިންބޯ އަކީ ގޭގެއަށާއި އޮފީސްތަކަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ފަރުނީޗަރު ހެޔޮ އަގުގައި ވިއްކަމުން އަންނަ ފިހާރައެކެވެ. އެ ފިހާރައިން އަހަރުގެ އެކި މުހިންމު މުނާސަބަތުތަކާ ދިމާކޮށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.