ހަބަރު

ގާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގެ ‏‏ބިލެއް ސަރުކާރުން ފޮނުވައިފި

Mar 19, 2015

‏ގާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ‏‏ބިލެއް ސަރުކާރުން ‏‏ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. ‏

ރައީސް އޮފީހުން ބުނީ ‏މި ބިލު ހުށަހެޅީ ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 10 ވަނަ ‏‏މާއްދާގެ ‏‏(ނ) ގެ ދަށުން އެ‏‎ ‎‏ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން، އެ‏‎ ‎‏ގާނޫނަށް ‏‏ޢަމަލުކުރުމަށް ތައްޔާރީތައްވުމަށްޓަކައި ‏‏ކުރެވުނު ދިރާސާއިން އެ‏‎ ‎‏ޤާނޫނުން ފާހަގަކުރެވިފައިވާ ‏‏ޤާނޫނީ ހުސްކަންތައްތަކާއި، މާނަކުރުމުގައި އުފެދޭ ޚިލާފުތަކާއި، ‏‏މާއްދާތަކުގެ ތަރުތީބުގެ ‏‏ކުށްތަކާއި، ޢަމަލުކުރުމުގައި ކުރިމަތިވެދާނެ ބޮޑެތި ބޭއިންޞާފުތަކާއި، އޮޅުންއަރާފައިވާ ‏‏‏ޢިބާރާތްތަކާއި ޖުމްލަތައް އަލުން މުރާޖަޢާކޮށް އިޞްލާޙުކުރަން ކަމަށެވެ. ‏