ހަބަރު

މުޒާހަރާތަކާ ގުޅިގެން އީސީން ފުލުހުންނާއި އެމްއެމްސީ އަދި އެޗްއާރްސީއެމާ މަޝްވަރާކޮށްފި

Mar 19, 2015

މިހާރު މާލޭގައި ކުރިޔަށްދާ މުޒާހަރަތަކާއި ސިޔާސީ ހަރަކާތްތަކާ ގުޅިގެން އާންމުން ފަރާތްތަކުން ޝަކުވާ ކުރަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އައި ފުލުހުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބައްދަލުވެ އެކަމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ،

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު މާލޭގައި ހިންގަމުންދާ ސިޔާސީ ހަރަކާތްތަކުގެ މައްސަލާގައި ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މިއަދު ބޭއްްވި ބައްދަލުވުމުގައި އެ ހަރަކާތްތަކުގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އުނދަގޫވާތީ އާއި ދަރިވަރުން ސްކޫލަށް ނުފޮނުވަން ގޮވާލާ އާންމު ފަރުދުންނާއި ތަންތަނަށާއި ދަރިވަރުންގެ ތައުލީމަށް އަސަރު ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

މި މައްސަލައިގައި ކޮމިޝަނަށް އަދާ ކުރެވިދާނެ ދައުރާއި ގާނޫނީ ގޮތުން ފާހަގަ ކުރެވޭ ކަންކަމަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.