ހަބަރު

ލިލީގެ ގުދަނެއްގައި ރޯވެ އަނދައި ހުލިވެއްޖެ

Mar 20, 2015

މ. އޯކް ވިލާގައި ގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނަކާއި މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ތަނެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

ލިލީ ސްޓޯރުގެ ގުދަނެއްގައި ރޯވި އަލިފާނާއެކު އެގެއާއި އިންވެގެން ހުރި ގެއެއްގައި ވެސް ރޯވެފައި ވަނިކޮށް ދެން ރޯވެފައި ވަނީ އެކުވެނި ސަރަހައްދުގައިހުރި ކުނިތަކެއްގަ އެވެ. ސިފައިންނާއި ފުލުހުންވެގެން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލައިފަ އެވެ. މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް ގުދަނާއި ގޭގައިރޯވި ހާދިސާގެ ތެރޭގައި ދުމުގެ އަސަރު ކުރުމުގެ ސަބުން މީހަކު އައިޖީއެމްއެޗަށްގެންދަން ޖެހުނެވެ.

މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާ ހިނގާގައި ގުދަނުގައި ރޯވެފައި ވަނީ 11:15 އެހާކަންހާއިރު އެވެ. 

ލިލީ ސްޓޯރުގެ ވެރިޔާ މައްލާ އަހްމަދު ނާސިރު ވިދާޅުވީ ރޯވި ދެބުރިއަށް ހަދާފައި ގުދަން ހުންނަނ ތިން ބަޔަކަށް ކަމަށާއި އެ ގުދަނުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ނޫޑްލްސްއާއި ދެން ކޮސްމެޓިކްސްގެ ސާމާނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތިގައި އަލިފާންގަނޑު އެހާ އަވަހަށް ފެތުރިގެން ދިޔައީ ނޫޑްލްސްތަކުގައި ރޯވެގެން ކަމަށް ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާން އަދަމުންދިޔައިރު ގުދަނުގައި ހުރި ބޮޑީ ސްޕްރޭ ކަހަލަ އެއްޗެހި ގޮވާ އަޑުފައްގަނޑުވެސް އިވެމުން ދިޔައެވެ.

މިރޭ އަލިފާނުގެ ހާދިތަކުގައި ރޯވިތަންތަނުގެ އަލިފާން ކޮންޓްރޯލްކޮށްފައިވާއިރު އަލިފާނާ ގެދޮރުން ނެރެވުނު އާއިލާތަކަށް ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން މިހާރު ވަނީ އެހީތެރިންވާން ފަށާފައެވެ. 

މިރޭ ހިނގި އަލިފާނުގެ ހާދިސަތަކާއެކު އެމްޑަބްލިޔޫއެސްސީ އާއި މާލޭގެ ޕެޓްރޯލް ޝެޑްތައް ހުރި ތަންތަނާއި އެނޫން ވެސް މުހިންމުތަންތަން ފުލުހުން ވަނީ ބަލަހައްޓަން ފަށާފަ އެވެ.