ވިޔަފާރި

އަންހެނުންނަށް ވެސް ވާނެ: ޝީޝާއިން އަންހެނުނަށް ހާއްސަ ޑިސްކައުންޓް

ސްކޫލްތައް ފެށޭ ވަގުތާއި ނިމޭ ވަގުތު ސްކޫލްތައް ކައިރި ދުއްވާ އެއްޗެހި ހާއްސަކޮށް ސައިކަލުތައް ގިނަ އެވެ. ދަރިން އާންމުކޮށް ސްކޫލަށް ގެންގޮސް އުޅެނީ އަންހެނުން ކަމަށްވާތީ އެންމެ ގިނައިން ސައިކަލުތަކުގައި އުޅޭތީ ފެންނަނީ އަންހެނުންނެވެ. ހަމަ އެގޮތަށް އޮފީސްތަކަށް ދާ އަންހެނުންގެ ތެރޭގައިވެސް ސައިކަލު ދުއްވާ އަދި ސައިކަލުގައި އުޅޭ އަންހެނުން ގިނަ އެވެ.

ސައިކަލު ދުއްވާ އަންހެނުންނަށް ހާއްސަކޮށްގެން ޝީޝާ އިން މިއަދުވަނީ ސައިކަލުތަކުގެ އަގުން ހާއްސަ އޮފާއެއް ދޭން ފަށައިފި އެވެ. މި އޮފާއަކީ ޝީޝާއިން ކުރިއަށް ގެންދާ "އަ ވުމެން ކޭން" ކެމްޕޭންގެ ދަށުން އަންހެނުންނާ ގުޅޭ ސައިކަލުތަކެއް ހެޔޮ އަގުގައި ދޫކޮށްލުމުގެ ބޭނުމުގައި ދޭން ފެށި އޮފާ އެކެވެ. މި އޮފާ މާލެ، ހުޅުމާލެ އަދި އައްޑޫސިޓީގައި ހުންނަ ޝީޝާގެ އައުޓްލެޓްތަކުންވެސް ލިބޭނެ އެވެ.

އަންނަ މަހު 15 އާ ހަމައަށް ކުރިއަށް ގެންދާ މި އޮފާގައި ބޮޑެތި ޑިސްކައުންޓުތަކެއް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ސައިކަލު ތަކުގެ އަގު 50،000 ރުފިޔާއަށްވުރެ ހެޔޮވާނެ އެވެ. މިއޮފާ ދޭން ހަމަޖެހިފައިވަނީ ސްކޫޕީ އަދި ވޭވް 110 އައި ގެ ސައިކަލުތަކުންނެވެ.

މި އޮފާގެ ދަށުން އެމްއެފްއެލްސީ އަދި އިސްލާމިކް ބޭންކު މެދުވެރިކޮށް އިންސްޓޯލްމަންޓަށްވެސް ސައިކަލު ވިއްކަން ވަނީ ހަމަޖެހިފަ އެވެ. ޝީޝާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ވިއްކާ ސައިކަލުތަކަކީ ސްޓައިލިޝް، ދުއްވަން ފަސޭހަ، ޕެޓްރޯލް ހަރަދު ކުޑަ، އޮޓޮމެޓިކް އަދި ރައްކާތެރި ފީޗާސްތަކެއް އެކުލެވޭ ސައިކަލުތަކެއް ކަމަށެވެ.

ހުރިހާ މޮޑެލްއެއްގެ ސައިކަލު ލިބޭއިރު މި ސައިކަލުތައް ގަތުމަށް ޕްރީ އޯޑާއެއް ކުރާކަށް ނުޖެހެ އެވެ. އެ ސައިކަލުތަކަކީ މިހާރު ޝީޝާއިން ރާއްޖެ ގެނެސްފައިވާ ސައިކަލުތަކެކެވެ. އަދި އިންސްޓޯލްމަންޓަށް ނަގާ ކަސްޓަމަރުންނަށް ވެސް މި ހާއްސަ އޮފާގެ ދަށުން ސައިކަލު ނެގޭނެ ކަމަށް ޝީޝާއިން މައުލޫމާތު ދެ އެވެ.

ޝީޝާ އަކީ 1987 ވަނަ އަހަރުން ފެށިގެން ހޮންޑާ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.