ބޮލީވުޑް

ޔޫޓިއުބު ގައި އެންމެ ގިނައިން ބެލި ހިންދީ ލަވަ އަކަށް "ދީރޭ ދީރޭ"

Feb 17, 2017

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ނިކުތް ހިންދީ ފިިލްމު "އާޝިގީ" އަކީ ކާމިޔާބު ފިލްމެއް ނޫން ނަމަވެސް މި ފިލްމުގެ ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މި ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ލަވައަކީ "ދީރޭ ދީރޭ ސޭ" އެވެ.

"އާޝިގީ" ރިލީޒްކުރިތާ 25 އަހަރު ފުރުނު ދުވަހު، 2015 ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހު "ދީރޭ ދީރޭ" ގެ މުޅިން އާ ވާޝަންއެއް ވަނީ ނެރެފަ އެވެ.

މަޝްހޫރު ދެތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ސޯނަމް ކަޕޫރު ފެނިގެންދާ "ދީރޭ ދީރޭ" ގެ އާ ލަވަ ކިޔައިދީފައިވަނީ މަޝްހޫރު ރެޕާ ޔޯ ޔޯ ހަނީ ސިންގް އެވެ.

އެތަކެއް ހާސް ބައެއްގެ މެދުގައި މަގުބޫލުވި މިލަވަ މިހާތަނަށް ޔޫޓިއުބުގައި 200 މިލިއަން ފަހަރު ބަލައި މިވަނީ އެންމެ ގިނަބަޔަކު ޔޫޓިއުބުގައި ބެލި ހިންދީ ލަވައިގެ މަގާމު ލިބިފަ އެވެ.

ތުރުކީގެ ހިތްގައިމު ތަންތަނުގައިު ޝޫޓްކޮށްފައިވާ މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވަނީ ލަވައިގެ ރީތިކަމުންނާއި ރިތިކް އާއި ސޯނަމްގެ ހިތްގައިމު ކެމިސްޓްރީގެ ސަބަބުންނެވެ.

ދީރޭ ދީރޭ ގެ އަސްލު ލަވައަކީވެސް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި ލަވައެކެވެ. ޔޯޔޯގެ ސްޓައިލަށް މި ލަވަ ބަދަލު ކުރުމުން ގިނަބައެއް މީހުންގެ ފާޑުކިޔުންތައް މިލަވައަށް އަމާޒުވިނަމަވެސް، ލަވައަށް ލިބެމުންދާ ތަރުހީބުން މިލަވަ ހަގީގަތުގައިވެސް ރީތިކަން މިވަނީ ސާބިތުވެފަ އެވެ.