ބޮލީވުޑް

ކަބީރް ޚާން ދެން އުފައްދާ ފިލްމުގެ ތަރި އަކީ އަމީތާބް

Feb 19, 2017

ޑައިރެކްޓަރު ކަބީރް ޚާން ޖެހިޖެހިގެން އުފެއްދި ތިން ފިލްމުގެ ވެސް ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ސުޕަސްޓާ ސަލްމާން ޚާން އެވެ.

ސަލްމާން ލީޑްރޯލުގައި ހިމަނައިގެން ކަބީރް އުފެއްދި އެންމެފަހުގެ ފިލްމު "ޓިއުބްލައިޓް" ގެ ޝޫޓިން މިފަހުން ނިމިފައިވާއިރު، އިތުރު ފިލްމެއް އުފައްދަން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް ދެން ކަބީރް ޑައިރެކްޓްކުރާ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ސަލްމާންގެ ބަދަލުގައި މެގަސްޓާ އަމީތާބް ބައްޗަން އެވެ.

"އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އަދި "ޓިއުބްލައިޓް" އަށް ފަހު ކަބީރް އުފައްދާ މި ފިލްމާ ގުޅޭގޮތުން އަމީތާބާ ވަނީ އެކި ފަހަރު ބައްދަލުކޮށް ވާހަކަވެސް ދައްކާފަ އެވެ. އެގޮތުން ކަބީރްގެ ޓީމުން މިހާރު ވަނީ މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މައްސަކަތް ފަށާފަ އެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމު އިއުލާނުކުރާނެ ކަމަށް ޗެސް ވަނީ ބުނެފަ އެވެ

ކަބީރް ޚާން އެންމެފަހުން ޝޫޓިން ނިންމާލި "ޓިއުބްލައިޓް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހު އެވެ.