ދުނިޔެ

ޔަމަންގެ މިސްކިތްތަކަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފި

ބޮމުގެ ހަމަލާތަކުގައި ގޮއްވާލި މިސްކިތްތަކަކީ އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާ ޝިއައީ ހަނގުރާމަވެރިން އާންމުކޮށް ގޮސް އުޅޭ މިސްކިތްތަކެކެވެ. މި ހަމަލާތަކުގައި ދެ މިސްކިތެއް ގޮއްވާލާފައިވާއިރު ބޮމުގެ ހަމަލާތައް ދިނީ ނުކުޅެދޭ މީހުން ބޭނުންކޮށްގެން ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

މި ހަމަލާގައި 357 މީހަކު ޒަޚަމްވެފައިވެ އެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެގައުމުގައި އައިއެސްގެ ސަފުތައް ކުރިއަށް ޖެހެމުންދާއިރު ޔަމަންގެ ވެރިރަށް ސަންއާ އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އިރާގާއި ސީރިއާގެ ދެކުނު ބިތުގައި ބާރުގަދަކޮށްގެން އުޅޭ އައިއެސްގެ ބާރު ޔަމަނުގައި ވެސް އޮތީ ވަރަށް ގަދަކޮށެވެ.

އެކަމަކު ޔަމަނުގެ ކޮންޓްރޯލް އަތުލަން އައިއެސް އަށް ބޭނުން ނަމަ އެމީހުން ޖެހޭނީ އެންމެ ފުރަތަމަ އަލްގައިދާ ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރާށެވެ. ޔަމަނުގައި އޮތީ އަލްގައިދާގެ ބާރެވެ.