ދުނިޔެ

ހަތިމެއް އަންދާލި ކަމަށް ބުނެ އަފްޣާން އަންހެނަކު އަންދާލައިފި

މި ހަމަނުޖެހުމެއް ހިނގާފައިވާ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންހެން މީހާ އަށް އަނިޔާކޮށް ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯތަކެއް އިއްޔެ އާންމުވެފައިވާއިރު މި މައްސަލާގައި ނުވަ މީހަކު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. މަރާލާފައިވާ 27 އަހަރުގެ އަންހެން މީހާގެ އާއިލާ އިން ބުނަނީ އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ އަންހެނެއް ކަމަށާއި ފާއިތުވި 16 އަހަރު ވެސް އޭނާ އުޅެމުން ދިޔައީ އެގޮތަށް ކަމަށެވެ.

މަންޒަރު ދުށް ފަރާތްތަކުން ކިޔައިދިން ގޮތުން ހަތިމު އަންދާލި މައްސަލާގައި ރުޅިގަދަވެގެން އަންހެން މީހާއާ ކުރިމަތިލި މީހުން ވަނީ އެންމެ ފުރަތަމަ އޭނާ ފުރާޅެއްގެ މައްޗަށް އަރުވައި އެތަނުގެ މަތިން ވައްޓާލައިފަ އެވެ. އެއަށް ފަހު ތަޅައި އެކި ވަރުގެ އަނިޔާތައް ދިނުމަށް ފަހު އެންމެފަހުން ރޯކޮށް އަންދާލީ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުން ރޯކޮށްލިއިރު ވެސް އަންހެން މީހާ އޮތީ މަރުވެފަ އެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އަންހެން މީހާ ހަތިމެއް އަންދާލި ކަމަށް ބުންޏަސް އެފަދަ ކަމެއް ހިނގިކަން އެނގިފައި ނުވާ ކަމަށެވެ. އަންހެން މީހާ އަންދާލި މައްސަލަ އދ. އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.