ކުޅިވަރު

އާ އަހަރާއެކު އެތުލެޓިކޯ ތަފާތު ވެއްޖެ

Feb 21, 2017

މިދިޔަ އަހަރަށް ވުރެ އެތުލެޓިކޯ މެޑްރިޑްގެ ކުޅުން، މި އަހަރު ރަނގަޅު ވާނެ ކަމަށް އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޭނޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ޖަރުމަންގެ ބަޔާން ލެވަކޫސަންއާ ދެކޮޅަށް، މިރޭ ކުޅޭ މެޗުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން ސިމިއޭނޯ ބުނީ، 2016 ވަނަ އަހަރު ޓީމުގައި ރަނގަޅު ކުރަން ޖެހުނު ގިނަ ކަންކަން ހުރި ކަމަށާއި ނަމަވެސް، މިއަހަރު އޭގެ ތެރެއިން ގިނަ ކަންކަން ރަނގަޅު ކޮށްފައި ވާނެ ކަމަށެވެ.

"އަދިވެސް ޓީމުގެ ކޮލިޓީ އަށް ބަލާއިރު ރނގަޅު ކުރަން ޖެހޭ، ގިނަ ކަންކަން އެބަހުރި،" ސިމިއޭނޯ ބުންޏެވެ.

އެތުލެޓިކޯ އަކީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ރަނަރަފު ޓީމެވެ. އިޓަލީގެ މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި އެޓީމު، ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވީ، ޕެނަލްޓީ ޖަހައިގެން 5-3 ން ނެވެ.

މިރޭގެ މެޗަށް ނިކުންނައިރު، އެތުލެޓިކޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، މިދިޔަ މެޗު ތަކުގައި އަނިޔާގައި ހުރި، އެ ޓީމުގެ އެއް ވަނަ ގޯލް ކީޕަރު ޔާން އޮބްލެކް ޓް ކޮށް ހުރު މެވެ.

"ޑޮކްޓަރުން ވަނީ، ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލާފަ، އަދި އަހަރުމެންނާއެކު ޕްރެކްޓިސް ވެސް ކުރޭ. އަދި އޭނާ ހުރީ އަނެއް ދެ ކީޕަރުން ކަމަށްވާ މިގްއެލް އެންހެލް މޯޔާ އާއި އެންޑްރޭ ފިލިޕޭ އާ ވާދަ ކުރަން ތައްޔާރަށް، އަހަރެން މިއަދު ނިންމާނަން، މެޗަށް ނިކުންނާނީ ކޮން ކީޕަރެއް ކަން،"

މިރޭގެ މެޗުގައި. ފޯވަޑް ލައިންގައި އެންޓޯނިއޯ ގްރީޒްމަން އަށް އެހީވުމަށް، ފުރަތަމަ 11 އިން ފެނާންޑޯ ޓޯރޭޒް އާއި ކެވިން ގެމޭރޯ އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

ސިމިއޭނޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ފޯވަޑް ގެމޭރޯ ލަނޑު ޖެހުމުގައި ފޯމު ރަނގަޅު ވުމެވެ. ސްޕެނިޝް ލީގްގައި އެންމެ ފަހުން. ސްޕޯޓިން ޖިއޯން އާ ދެކޮޅަށް ހެޓްރިކް ހަދައި، ސްޕެނިޝް ލީގްގެ ތާރީހްގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ގެމޭރޯ އަތު ގައެވެ. އޭނާ ހެޓްރިކް ހެދީ ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނެޓް ތެރޭ އިތުރު ދެ ލަނޑު ކާމިޔާބު ކޮށްގެން ނެވެ.

"އެ ދެ ކުޅުންތެރިން [ޓޯރޭޒް އާއި ގެމޭރޯ] ގެ ކެރެކްޓާ ތަފާތު، އެމީހުން 30 މިނެޓަށް ދަނޑަށް އެރުވިޔަސް ލަނޑު ޖަހާނެ، މޮޅަށް ކުޅޭނެ. އެއީ އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،"

ސިމިއޭނޯ ބުނީ، ލެވަކޫސަންގެ ކުޅުންތެރިންގެ ތެރެއިން އެތުލެޓިކޯ އިން އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކުޅުންތެރިޔަކީ، ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ހާވިއޭ ހެނާންޑޭޒް ނުވަތަ ޗިޗަރީޓޯ އާ މެދު ކަމަށެވެ.