ވިޔަފާރި

އެސްޓީއޯ ޗޮކްލެޓް ފެސްޓުގެ ނަސީބުވެރިން ހޮވައިފި

Feb 21, 2017

މި މަހު ނުވަވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ޗޮކްލެޓް ފެސްޓިވަލް ނިންމާލައި ނަސީބުވެރިން ހޮވައިފި އެވެ.

މި ފެސްޓިވަލްގައި ބައިވެރިވި ބައެއް އެހެން ކުންފުނިތަކުން ކުރިއަށް ގެންދިޔަ ލަކީޑްރޯތަކުގެ ގުުރު ނެގުންވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ވީބީގެ ފަރާތުން ދޭ ދެ ދުވަހުގެ ރިސޯޓް ދަތުރު ލިބިފައިވަނީ މުހައްމަދު ރިޒާ އަށެވެ. އަދި ހެޕީމާކެޓުގެ ފަރާތުން ދޭ ދެ ދުވަހުގެ ރިސޯޓް ދަތުރު ލިބިފައިވާ ނަސީބުވެރިއަކީ އާޝިޔާތު މަލަކާ އިބްރާހިމް މަނިކެވެ. މީގެ އިތުރުން އީވެޑަލް ގެ ފަރާތުން ވަނީ ބެންކޮކް ދަތުރެއް ދޫކޮށްލާފަ އެވެ.

މި ފެސްޓިވަލް އިން ގުރުއަތުން ހޮވި ޗޮކްލެޓް ގިފްޓް ހެމްޕާއެއް ވެސް ވަނީ ހަ ފަރާތަކަށް ދީފަ އެވެ. މި ޗޮކްލެޓް ފެސްޓްގައި ބައިވެރިވެވިފައިވަނީ 250 ރުފިޔާއިން މަތީގެ ޗޮކްލެޓް ވިޔަފާރި ކޮށްގެންނެވެ.

މި ފެސްޓިވަލްގައި ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ދީފައިވާއިރު އެޕްރޮމޯޝަންގައި އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ޗޮކްލެތްތައް އަދި ފެސްޓަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އާ ބްރޭންޑްތަކުގެ ޗޮކްލެޓްތައް ހެޔޮ އަގުގައި ވަނީ ދޫކޮށްލާފަ އެވެ.

މި ޗޮކްލެޓް ފެސްޓުގައި ކަސްޓަމަރުންނަށް ހިލޭ ޗޮކްލެޓް ރަހަ ބެލުމުގެ ފުރުސްތުވެސް ވަނީ ދީފަ އެވެ.

މި ފެސްޓްގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޔޫރޯ، ވީބީ، ސިމްޑީ، ގޯލްޑަން ލޭން، ހެޕީމާކެޓް އަދި ސީންކޯ އެވެ.