ކުޅިވަރު

ރަށުން ބޭރުގައި އެތުލެޓިކޯއަށް ބޮޑު އުންމީދެއް

Feb 22, 2017

ޖަރުމަންގެ ބަޔާން ލެކަކޫސަންގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ރަނަރަފު އެތުލެޓިކޯ މެޑްރިޑުން، ޗެމްޕިއަންސް ލިގްގެ ކްއާޓާ ފައިނަލަށް ދިއުމަށް ބޮޑު އުންމީދެއް ލިބިއްޖެ އެވެ.

މެޗުގެ 17 ވަނަ މިނެޓްގައި އެތުލެޓިކޯ އަށް ލީޑް ނަގައިދިނީ، ސައުލު އެވެ. އޭނާ ލެވަކޫސަންގެ ގޯލަށް ބޯޅަ ފޮނުވާލީ ކީޕަރު ބޯމަތިން އޮހިގެންދާ ގޮތަށެވެ.

އެތުލެޓިކޯގެ ދެ ވަނަ ލަނޑު ކެވިން ގެމޭރޯ، ދިން ފުރުސަތަކުން ކާމިޔާބު ކުރީ އެންޓޯނިއޯ ގްރީޒްމަން އެވެ. އެބޯޅައިގައި ލެވަކޫސަންގެ ޑިފެންޑަރުން ނަށް ހެދުނު މިސްޓޭކް ފާހަގަ ކޮށްލަން ޖެހެއެވެ.

ސާޅިސް އަށް ވަނަ މިނެޓްގައި، ކަރީމް ބެލަރާބީ ވަނީ ލެވަކޫސަންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެތުލެޓިކޯގެ ތިން ވަނަ ލަނޑަކީ، އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އެޓީމުގެ ޑިފެންޑަރު އެލްގެޒެންޑާ ޑްރެގޮވިޗް، އެތުލެޓިކޯ ގެމޭރޯ އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ އެއްގައި ގެމޭރޯ ކާމިޔާބު ކުރި ލަނޑެ ކެވެ.

ލެވަކޫސަންގެ ދެ ވަނަ ގޯލަކީ، އެޓީމުން އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ، ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ސްޓެފަން ސެވިޗް އަތުން ބައިކޮޅަށް ވަން ލަނޑެ ކެވެ.

އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު، ކާމިޔަބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް، ފެނާންޑޯ ޓޯރޭޒް އެވެ.