ވިޔަފާރި

ޑަބްލިއުޓީއޯއިން މިނިވަން ވިޔަފާރިއާބެހޭ މައުލޫމާތު ދަރިވަރުންނަށް ދީފި

Feb 22, 2017

މިނިވަން ވިޔަފާރިއާ ބެހޭ ގޮތުން، ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ރާއްޖޭގެ ޔުނިވާސިޓީ ދަރިވަރުންނަށް މައުލޫމާތު ދީފި އެވެ.

ގައުމީ ޔުނިވާސިޓީގެ، އޮޑިޓޯރިއަމްގައި ބޭއްވި ލެކްޗާގައި ޑަބްލިއުޓީއޯގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި، އޮފިޝަލުން ވަނީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ސަރުކާރުން ގެންނަވާ ބަދަލުތަކަށް ތައުރީފު ކުރައްވާފަ އެވެ. ހާއްސަކޮށް ޖީޑީޕީ ބޮލަކަށްޖެހޭ އާމްދަނީއަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

މި ބައްދަލުވުމުގައި ބައިވެރި ހައި ސްކޫލްތަކުގެ ކުދިން ބައިވެރިވި އެވެ.

ޑަބްލިއުޓީއޯގެ ޓީމުން ރާއްޖެއަށް ޒިޔާރަތް ކުރަނީ މިނިވަން ވިޔަފާރީގެ ވާހަކަތައް ގެންދިއުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން ތަމްރީން ކުރުމަށް ތަމްރީން ތަކެއް ކުރިއަށް ގެންދިއުމަށެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ގިނަ ވުޒާރާތަކުން ބައިވެރިވެފައިވެ އެވެ.