ހަބަރު

ލަންކާގައި ގެއްލުނު މީހާ ފެނިއްޖެ

އަވަށްޓެރި ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ ފ. ފީއަޔަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ މުހައްމަދު އަލީ އެވެ. އޭނާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.

އޭނާ ހޯދަން ފެށީ މިއަދު ހެނދުނު ގެއިން ބޭރަށް ނިކުތް ގޮތަށް ހަބަރެއް ނުވެގެންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރީ ލަންކާގައި ހުންނަ ދިވެހި އެމްބްސީން ލަންކާ ފުލުހުންނާ ގުޅިގެންނެވެ.

އޭނާ ފެނިފައިވަނީ ލަންކާގެ އޮޓޯ ޑްރައިވަރަކަށެވެ. އެ ޑްރައިވަރު އެކަން އެމްބަސީއަށް ގުޅައި އެންގުމުން އެމްބަސީއާ ވަނީ މުހައްމަދު އަލީއާ ހަވާލުވެ، އާއިލާއާ ހަވާލުކޮށްފަ އެވެ.

މުހައްމަދު އަލީ ލަންކާއަށް ގޮސްފައިވަނީ އޭނާގެ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލުކުރެއްވުމަށެވެ. ލަންކާގައި އުޅޭތާ ވަނީ މަހެއްހާ ދުވަސްވެފަ އެވެ. އޭނާ ދިރިއުޅެނީ ދެހިވަލައިގެ ގަލްވިހާރަ ރޯޑު ސަރަހައްދުގަ ހުންނަ ގެއެއްގަ އެވެ.