ކުޅިވަރު

ޔުވެންޓަސް އާއި ސެވިއްޔާ ކްއާޓާގެ އުންމީދު ބޮޑު ކޮށްފި

Feb 23, 2017

ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ، ޕޯޓޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދިއުމުގެ އުންމީދު ޔުވެންޓަސް އިން ބޮޑު ކޮށްފި އެވެ.

އަދި ރޭ، ލެސްޓާ ސިޓީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސެވިއްޔާ ވެސް ވަނީ، ކްއާޓާ ފައިނަލުގެ އުންމީދު ތަނަވަސް ކޮށްފަ އެވެ.

ޕޯޓޯގެ އެލެކްސް ޓެލްސް އަށް މެޗުގެ 27 ވަނަ މިނެޓް ގައި ދެ ވަނަ ރީނދޫ ކަޑާއެކު ރަތް ކާޑު ދެއްކީ، އޭނާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ދެ މިނެޓް ވެސް ނުވަނީ ހެވެ.

ޔުވެންޓަސްގެ ފުރަތަމަ ލަނޑު މާކޯ ޕިއެކްސް ކާމިޔާބު ކުރީ، 72 ވަނަ މިނެޓް ތެރޭ ގައެވެ. އޭގެ ދެ މިނެޓް ފަހުން، އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޑެނީ އަލްވޭސް އެވެ.

ރޭ އަމިއްލަ ދަނޑު ގައި ކުޅުނު ސެވިއްޔާގެ ފުރަތަމަ ލަނޑު، މެޗުގެ 25 މިނެޓްގައި ކާމިޔާބު ކުރީ ޕަބެލޯ ސަރާބިއާ އެވެ. މެޗުގެ 62 ވަނަ މިނެޓް ގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޔޯކިން ކޮރެއާ އެވެ.

ލެސްޓާ އަށް އަވޭ ގޯލެއްގެ ހިތްހަމަ ޖެހުން ހޯދައިދިނީ، ޖޭމީ ވާޑީ އެވެ.