ލ. ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ބަރަހާނާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކޮށްފި އެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކުރީ ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހުގައި ކަމަށެވެ.
ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖު އަމިއްލަ ކޮށްފައިވާ ވީޑިއޯއެއް ލީކްވިިއިރު އޭނާގެ މިފަދަ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި އެވެ. ގއ. ވިލިނގިލީގައި ހިލޭ އަންހެނަކާއެކު އެކަހެރިކޮށް ހުއްޓާ އެފަހަރު އޭނާ އަތުލައިގަތް ނަމަވެސް އެއްވެސް ފިޔަވަޅެއް އޭރު އޭނާއަކަށް ނާޅަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ މަގާމާ ހަވާލުވި އެމީހާއަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހެކެވެ.