ޖެނީވާގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މަތީ ފަންތީގެ ސެގްމަންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ޖެނިވާއަށް ފުރާވަޑައިގެންފި އެވެ.
މި ބައްދަލުވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ބައްދަލުވުމުގައި މިނިސްޓަރު އާސިމް ތަގުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އދ. ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން މެދު ކެނޑުމެއްނެތި ދެ ދައުރު ގޮނޑި ކާމިޔާބުކޮށް ހިދުމަތްކޮށްފައިވެ އެވެ. އެއީ 2011 ވަނަ އަހަރުން 2013 އަށް އަދި 2014 އިން 2016 އަށެވެ. އަދި 2018 އިން 2020 ގެ ދައުރަށް ރާއްޖެއިން ވަނީ ކުރިމަތިލާފަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޝާހިޔާ އަލިމަނިކު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.