ކުޅިވަރު

މޮރީނިއޯ އާއި ރަނިއޭރީގެ ތަފާތަކީ ކޮބާ؟

Feb 26, 2017

އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ލެސްޓާ ސިޓީގެ ކޯޗް ކަމުން، ކްލައުޑިއޯ ރަނިއޭރީ ވަކި ކޯށް ނަގާ އެއްލީ އެވެ. މި ސީޒަންގައި އެދެވޭ ކާމިޔަބެއް ހޯދައި ނުދެވުމުން ނެވެ. މިހާރު މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗަކަށް ހުރި، ހޯސޭ މޮރީނިއޯ އަށް ވެސް މިދިޔަ ސީޒަންގައި އައީ އެއްކަހަލަ ލޮޅުމެކެވެ. ޗެލްސީގެ ކޯޗުގެ ގޮތުގައި ހުރެ، މިދިޔަ ސީޒަނާ އޭނާ ކުރިމަތިލީ، 2015 ވަނަ އަހަރުގެ ލީގް ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް ކާމިޔާބު ހޯދައި ނުދެވުމުން، ޗެލްސީއިން ވެސް މޮރީނިއޯ ނަގާ އެއްލާލި އެވެ.

މޮރިނިއޯ އާއި ރަނިއޭރީގެ ތަފާތު ހޯދަން ކުރި އެނަލިސިސް އަށް ޖަވާބު ދިނީ މޮރީނިއޯ އެވެ. ރަނިއޭރީ އާއި މޮރީނިއޯ އާދެމެދު ބޮޑު ތަފާތެއް އެބަހުއްޓެވެ.

"އަހަރެން ޗެލްސީގައި ހޯދި ތިން ތައްޓާއި، ކްލައުޑިއޯ [ރަނިއޭރީ] ގެ އެއް ތައްޓާ ނުބައްދަލު، އަހަރެން ހޯދި ކާމިޔާބު އެއަށްވުރެ މާބޮޑުވާނެ، ޗެލްސީ އާއީ އެކުލަބު ނިސްބަތްވާ [ލަންޑަން] ސިޓީގެ މީހުން އަހަރެން މަތިން ހަނދާން ކުރާނެ،" މޮރީނިއޯ ބުންޏެވެ.

"އަހަރެމެން [ކޯޗުން] ގަބޫލު ކޮށްގެން ނުވާނެ، އަހަރެމެންގެ ތެރޭގައި މިހާރު މިއޮތީ ވޭތުވެދިޔަ 20 އަހަރު ނުވަތަ 10 އަހަރު ފުޓްބޯޅަ ކުޅުނު ސްޓައިލް ކަން، ހުރިހާ ކަމެއް ބަދަލު ވެއްޖެ، އަހަރެމެން ޖެހިލުން ވެގެން ނުވާނެ އަހަރެމެން މިހާރު ތިބި ހިސާބަކީ މީހުން ދަންނަ ކަމަކަށް ވެދާނެތީ،" މޮރީނިއޯ ބުންޏެވެ.

އޭނާ އެ އިޝާރާތް ކުރި، ފުޓްބޯޅަ ބާރު ސްޕީޑްގައި ބަދަލު ވަމުން އަންނަ އިރު، އެކަން މީހުން ދަންނަ ކަމަކަށްވާއިރު، ކޯޗުން ވެސް މާކުރިން އެގޮތަށް ބަދަލުވާން ޖެހޭ ޖެހުމަށް އިޝާރާތް ކޮށެވެ.

ކޮންމެ ކޯޗަކު ޗެމްޕިއަން ކަން ހޯދުމަށް ފަހު ވަކިވެގެންދާން ޖެހޭނަމަ އެއީ އަދި މަ ހެއްވާ ކަމަކެވެ. މޮރީނިއޯ ވަނީ އެއް ވަނައިގައި އޮތް ޗެލްސީގެ ކޯޗަށް ނިސްބަތް ކޮށް ސަމާސާ އެއް ކޮށްފަ އެވެ.

"އަހަންނަށް ހީވަނީ، ކޮންޓޭ ޖެހޭނެ ހެން މިކަމާ ވިސްނަން، އޭނާ މިއަހަރުގެ ޗެމްޕިއަންކަން ހަމަ ރަނގަޅަށް ވެސް ބޭނުންތޯ،" ސަމާސާ ރާގެއްގައި މޮރީނިއޯ ބުންޏެވެ.

މިދިޔަ އަހަރު ޗެލްސީގެ ކޯޗް ކަމުން ވަކި ކުރުމުން، މޮރީނިއޯ ދިޔައީ ޗުއްޓީ ހޭދަ ކުރަން ބްރެޒިލް އަށެވެ.

"އަހަންނަށް ސާފު ކޮށް އެނގޭ އަހަންނަށް ކޮންމެވެސް ގޮތެއް އޮންނާނެ ކަން، ހަމަ އެގޮތަށް ކްލައުޑިއޯ އަށްވެސް ދެ ވަނަ ދޮރެއް ހުޅުވޭނެ،"

"ކޯޗުން ހަޔާތުގައި މިހެން ދިމާވާނެ، އެހެނޭ ކިޔަފައި އަހަރެމެންނަށް، އެކަމަށް ޑްރާމާ އެއް ޖެއްސޭކަށް ނޯންނާނެ، އެކަމަކު އެހެންވުމުން އަހަންނަށް ދަސްވީ އިތުރު ކަންތައްތަކެއް، ކްލައުޑިއޯ [ރަނިއޭރީ] އަށްވެސް އެކަމުން އެހީ ވާނެ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޗެލްސީ ސަޕޯޓަރުން އޭނާގެ އަގުވަޒަން ކުރާ ފަދައިން ލެސްޓާގެ ސަޕޯޓަރުން ރަނިއޭރީގެ އަގުވަޒަން ކުރާނެ ކަމަށާއި އެއްވެސް މީހަކަށް ރަނިއޭރީ ހޯދާ ދީފައިވާ ކާމިޔާބު ފޮހެ ނުލެވޭނެ ކަމަށެވެ.