ހަބަރު

މާލޭގައި ބިދޭސީއެއްގެ މެޔަށް ވަޅި ޖަހައި މަރާލައިފި

Mar 22, 2015

ރޭ ފަތިހު ހާބަރު ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު މަރާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހާބަރު ސަރަހައްދުގައި ހުންނަ، "ޅިޔަނު" ކެފޭއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިސްވަގުތު ވަދެ އެ ކެފޭގައި ވޭޓަރެއްގެ ވަޒީފާ އަދާ ކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާ ދީފައި ވަނީ އެ ބިދޭސީ މީހާގެ މެއަށް ކަމަށާއި ޒަހަމްތަކުގެ ސަބަބުން އޭނާ ހޮސްޕިޓަކަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުގައި ހަމަލާ ދީން މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އެ ކެފޭގެ ތެރެއަށް ބަޔަކު ވަދެ ބިދޭސީއަކަށް ހަމަލާދީ، އެކެފޭގައި ހުރި ބައެއް ތަކެތި ވަނީ ހަލާކުކޮށްލައިފަ އެވެ. ރޭ ހަމަލާދީ މަރާލި ބިދޭސީ މީހާގެ މައުލޫމާތެއް އަދި ސާފުވާގޮތެއް ނުވެ އެވެ.