ވިޔަފާރި

އެންމެ ވަރުގަދަ 50 މުއާސަލާތީ ކުންފުނީގެ ތެރޭގައި އުރީދޫ

މިދިޔަ އަހަރު ތެރޭގައި އުރީދޫގެ އަގު 48 ޕަސަންޓަށް ކުރިޔަށް ޖެހިފައިވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަތީ 50 މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރޭގައި އުރީދޫ ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ކުންފުނިތަކުގެ އަގާއި ސްޓްރެޓަޖީ ދިރާސާ ކުރާ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ބްރޭންޑް ފައިނޭންސްއިން އިން އެ އެ ރޭންކުތައް ދީފައިވަނީ ކުންފުނިތަކުގެ ވަރުގަދަ ކަމާއި މާކެޓިންނާއި އިންވެސްޓުމަންޓުތައްކޮށްފައި ހުރި ދާއިރާތަކާއި މުވައްޒިފުންނަށް ދޭ އަހަންމިއްޔަތު ކަމާއި ކުންފުނީގެ ނަން ކުރިއަރުވާފައިވާ މިންގަނޑަށް ބެލުމަށް ފަހު އެވެ. އެގޮތުން ބްރޭންޑް ފައިނޭންސްގެ ރިޕޯޓުގައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މަތީ 500 މުއާސަލާތީ ކުންފުނިތަކުގެ ތެރެއިން އުރީދޫ އުޅެނީ 47 ވަނައިގަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ 2013 ވަނަ އަހަރު އެކުންފުނިން ރީބްރޭންޑު ކުރިފަހުން މެދު އިރުމައްޗާއި، އުތުރު އެފްރިކާ ސަރަހައްދު އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އަށް މާކެޓަކަށް ހިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން އެކުންފުނީގެ އަގު އެއް ބިލިއަން ޑޮލަރުން ތިން ބިލިއަން ޑޮލަރަށް އުފުލުނު ކަމަށް ރިޕޯޓްގައިވެ އެވެ.

އެކަމާ ގުޅިގެން އުރީދޫގެ ގްރޫޕްގެ ސީއީއޯ ޝޭހް ސައުދު ބިން ނައްސާ އަލް ތާނީ ވިދާޅުވީ އެކުންފުނިން އަންނަނީ އިތުރަށް ކުރިއަރަމުން އަންނަ ކަމަށާއި ގިނަ އަދަދަކަށް އާ ކަސްޓަމަރުންނަށް އޫރިދޫގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އުރީދު ޑޭޓާ މެދުވެރިކޮށް އިންޓަނެޓު ހިދުމަތް ބޭނުން ކުރުމުގައި އެންމެ އިސް ފަރާތަކަށް ވުމުގެ އަމާޒަށް ވެސް އެ ކުންފުނި ވާސިލްވަމުން ދާ ކަމަށް ވިދާޅުވި އެވެ.