ތިލަފުށި

ތިލަފުށީގައި ދޯންޏެއްގައި ރޯވެ އަނދައިފި

Mar 5, 2017
1

ސިނާއީ ރަށް ތިލަފުށީގެ ބޯޓްޔާޑުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދައި ގެއްލުންތައް ވެއްޖެ އެެވެ. އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ރޭ ފަތިހު 4:40 އެހާކަންހާއިރު ރޯވި އަލިފާނުގައި ފައިބަރުން ބަނދެފައިވާ ދޯނީގައި އަލިފާން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އަލިފާން ރޯވީ އެ ދޯނީގައި ހުރި ޑީސަލް ޓޭންކެއްގައި ކަމަށެވެ.

ރޯވި އަލިފާން ނިއްވާލީ ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުގައި އިރު އެރިފަހުންނެވެ.