ދުނިޔެ

ސޯމާލިއާގެ ޕައިރޭޓުން އިންޑިއާއާ ދިމާލަށް މިސްރާބު ޖަހައިފި ކަމުގެ އިންޒާރު ދީފި

ނަމަވެސް އޭނާ ވިދާޅުވީ ކަންބޮޑުވާން ޖެހޭ ވަރަކަށް މި މައްސަލަ އަދި ބޮޑުނުވާ ކަމަށެވެ.

"ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ބިރަކީ މިހާރު އާންމު ބިރެއް. އެހެން ގައުމުތަކުން އެމީހުންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގާތީ އިންޑިއާއާ ގާތަށް އެމީހުން ދަނީ ދަތުރުކުރަމުނ،" ދިފާއީ ވަޒީރު ވިދާޅުވި އެވެ.

"އެގޮތުން އެމީހުން ވަނީ ކުރިން ހަރަކާތްތެރިވި ހިސާބުން 30-40 ނޯޓިކަލް މޭލަށް ދުރަށް ޖެހިލާފައި. އެކަމަކު މިއީ އަދިވެސް އިންޑިއާއާ 450 ނޯޓިކަލް މޭލުގެ ދުރު މިނެއް."

ޕައްރީކަރު ވިދާޅުވީ ސޯމާލިއާގެ ޕައިރޭޓުންގެ އަމަލުތައް ގާތުން ބަލަމުން އަންނަ ކަމަށާއި އެމީހުން މި ސަރަހައްދަށް ވަނަސް އަދި އެމީހުންގެ ނުރައްކާ ބޮޑުވިޔަސް ސަރަހައްދުގެ ގައުމުތަކާ ގުޅިގެން ސަރަހައްދުގެ އަމާންކަން ދެމެހެއްޓިދާނެ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މިފަދަ ނުރައްކާތަކުން ސަރަހައްދު ސަލާމަތްވެފައި އޮތުމަށް އެދޭ ނަމަ ސަރަހައްދުގެ ހުރިހާ ގައުމެއްގެ ގުޅުން ވެސް ރަނގަޅުވާން ޖެހޭނެ ކަމަށާއި ގުޅިގެން އެކުގައި މަސައްކަތްކުރެވެން ޖެހޭނެ ކަމަށެވެ.

އަރޭބިއަން ކަނޑާއި އިންޑިއާގެ ކަނޑުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ބޮޑުކޮށްފައިވާއިރު އެމީހުން އާންމުކޮށް ހަމަލާ ދެނީ ގަލްފުން ނުކުމެގެން އަންނަ ތެޔޮ ބޯޓްތަކަށާއި އެފަދަ ބޮޑެތި އާގު ބޯޓުތަކަށެވެ.

ސޯމާލިއާގެ ޕައިރޭޓުން 2011 ވަނަ އަހަރު ބޯޓުތަކަށް އަމާޒުކޮށް 439 ހަމަލާއެއް ދީފައިވާއިރު 45 ބޯޓު ފޭރިގެންފައިވެ އެވެ.

އެމީހުންގެ ނުރައްކާ ބޮޑުވެގެން އެންމެފަހުން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެ ސަރަހައްދުގައި ހަރަކާތްތައް ފަށައިފަ އެވެ. އިންޑިއާ އަކީ ވެސް މި ގުޅިފައިވާ ފައުޖުގެ މެމްބަރެކެވެ.

އިންޑިއާއާ ގާތުން އެކި ފަހަރުމަތިން ސޯމާލިއާގެ ޕައިރޭޓުން އަތުލައިގެންފައިވާއިރު ސޯމާލިއާގެ ޕައިރޭޓުން ކަމަށް ބެލެވޭ މީހުން ރާއްޖޭގެ މަސްދޯނިތަކަށް ވެސް ނަގާފައިވެ އެވެ.