ހަބަރު

ދޫނިދޫގައި އަލަށް ހަދާ މިސްކިތުގެ ބިންގާ އަޅައިފި

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ދޫނިދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ މިނިސްޓާ އޮފް ހޯމްއެފެއާޒް އަޒުލީން އަހުމަދާއި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދު ބާގިރާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

މި މިސްކިތަކީ ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކު ދޫނިދޫގައި އިމާރާތް ކުރާ މިސްކިތެެވެ. މިސްކިތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ދޫނިދޫގަ މަސައްކަތް ކުރާ މުއައްޒަފުންނާ އެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިންމާނެ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ދީނީ ކަންކަމުގައި ފުލުހުން ފަރުވާ ބެހެއްޓުމަކީ އޯގާތެރި ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.