ހަބަރު

ޗައިނާއާ ރާއްޖޭގެ މިނިވަން ވިޔަފާރީގެ ފަހުގެ މަޝްވަރާތައް ފަށައިފި

Mar 8, 2017

ރާއްޖެ އާއި ޗަައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމުގެ މަޝްވަރާތަކުގެ ފަހު ބައްދަލުވުން މިއަދު ބަނޑޮސް މޯލްޑިވްސްގައި ފަށައިފިއެވެ. އެންމެ ފަހު މަރުހަލާގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާނެ އެވެ.

ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްވެ ކުރާ ތަކުގެ މިއަދާއި މާދަމާގެ ބައިގައި ވިޔަފާރީގެ އެއްބަސްވުމުގެ މައިގަނޑު ބައިތަކާމެދު ގޮތެއް ނިންމާނެއެވެ. އޭގެ ތެރޭގައި ޑިއުޓީއާ ނުލައި ރާއްޖޭގެ މަސް ޗައިނާއަށް އެކްސްޕޯޓު ކުރުމާއި ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ޕެކޭޖު ކުރުމަށްފަހު ޗައިނާއަށް އެކްސްޕޯޓު ކުރުން ހިމެނެ އެވެ.

މީ ބައްދަލުވުން ކުރިޔަށްދާއިރު މީގެ ކުރިން ވަނީ މަޝްވަރާތަކުގެ ހަތަރު ބައްދަލުވުމެއް ބާއްވާފައިވާފަ އެވެ.