ވިޔަފާރި

ޗައިނާގެ ފޮސަން ކުންފުނިން ރާއްޖެ ހިމަނައިގެން ޓޫރިޒަމަށް އިންވެސްޓް ކުރަނީ

Mar 24, 2015

ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ފޮސަން ގްރޫޕުން ރާއްޖެ ހިމަނައިގެން ޓޫރިޒަމަށް ކުރާ އިންވެސްޓްމަންޓް ފުޅާކުރަން ވިސްނަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޗައިނާގެ ފޮސަން ކުންފުނީގެ ޗެއާމަން ޖިއޯ ގުއާންޗެން ވިދާޅުވީ އެ ކުންފުނިން ޓޫރިޒަމް ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުމެންގެ އުންމީދަކީ މި ދާއިރާ އިން އެންމެ މައްޗަށް ގެންދިއުން،" ޖިއޯ ވިދާޅުވި އެވެ.

ފޮސަން ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ދަނީ ޗައިނާގެ ހައިނާން ޕްރޮވިންސުގައި މި އަހަރު ހުޅުވާ ރިސޯޓެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ރިސޯޓުު ތަރައްގީކުރާ ކެޒްނޯ ހޯލްޑިންގް އާ ގުޅިގެން ޗައިނާގައި ހަދަމުން ދަނީ ކްލަބް މެޑް ބްރޭންޑުގެ ރިސޯޓެކެވެ. އަދި އެ ކުންފުނިން ދާދިފަހުން ވަނީ އިނގިރޭސިވިލާތުގެ ޓްރެވަލް ފާމެއް ކަމަށްވާ ތޯމަސް ކުކްގެ ފަސް ޕަސެންޓް ހިއްސާ ވެސް ގަނެފަ އެވެ.