ހަބަރު

ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުމާއި ބެހޭ އިދާރާ، މެޓް އޮފީހުން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާ ކަމަށާއި އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށެވެ. އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުކޮށްގެން ނުދުއްވުމަށާއި ބޯތުފަހަރުތަކުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތައް ރަނގަޅަށް ހުރިތޯ ޗެކް ކުރުމަށް ފަހު ނޫނީ ނުފުރުމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެންޑީއެފް އިން އިތުރަށް ބުނެފައި ވަނީ ޑައިވިންއާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދީގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ ރަށްތަކަށް މެޓް އޮފީހުން މިއަދު ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.