ސްވައިން ފްލޫ

ރޯގާއާއި ގުޅިގެން ޖަލުގެ ބައްދަލުވުންތައް މެދުކަނޑާލައިފި

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ގައިދީންނަށް ބާއްވަމުން ގެންދާ ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މި ބައްދަލުވުންތައް މެދުކަނޑާލާފައިވާއިރު، އިމަޖެންސީ މެޑިކަލް ދަތުރުތަކާއި، ކޯޓު ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، ޖަލުގައި ދެމުންގެންދާ އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތައް ވެސް މިވަގުތު ނުކުރެވޭ ގޮތަށް ވަނީ ހަމަޖަައްސާފަ އެެވެ. އަދި، ޑޮކްޓަރީ ފަރުވާއަށް މާލެ ގެނައުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މި ބައްދަލުވުންތައް އަނެއްކާ ވެސް ކުރިޔަށް ގެންދަން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.