ބޮލީވުޑް

ސަންޖޭގެ ފިލްމުގައި ރަންބީރާއެކު ޓީވީ ތަރި ކަރިޝްމާ

Mar 20, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމަކީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ.

ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ސަންޖޭގެ ރޯލުން ފެނިގެންދާ މި ފިލްމަކީ މަޝްހޫރު ގިނަ ތަރިންތަކެއް އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެކެވެ.

ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލުން ދީއާ މިރްޒާ ފެނިގެންދާއިރު، އޭނާއާ ލޯބީގެ ގޮތުން ގުޅުން އޮތް ތަރިއެއްގެ ރޯލުން ސޯނަމް ކަޕޫރު ފެނިގެންދާނެ އެވެ. އަދި ސަންޖޭގެ މަންމަ، ކުރީގެ މަޝްހޫރު ބަތަލާ، ނަރްގިސް ދަތްގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރު، ބައްޕަ ސުނިލް ދަތުގެ ރޯލުން ފެނިގެންދާނީ ޕަރޭޝް ރާވަލް އެވެ. ނޫސްވެރިއެއްގެ ރޯލުން އަނުޝްކާ ޝާރްމާ ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

މި ފިލްމާ ގުޅޭ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން މަޝްހޫރު ޓީވީ ތަރި ކަރިޝްމާ ތަންނާ، މި ފިލްމުގައި ރަންބީރާއެކު ސަންޖޭގެ ލޯބިވެރިއެއްގެ ރޯލުން ފެނިގެންދާނެ އެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ކަރިޝްމާ ފެނިގެންދާ މެހެމާނެއްގެ ރޯލުގެ މަންޒަރުތައް އޭނާ ވަނީ ތިން ދުވަހުގެ ޝެޑިއުލްއެއްގެ ދަށުން ޝޫޓްކޮށް ނިންމާފަ އެވެ.

މި ފިލްމުގެ ރޯލަކުން ފެނިގެންދާނެކަން ހާމަކުރަމުން ކަރިޝްމާ ވަނީ އޭނާ މި ފިލްމުގައި ފެނިިގެންދާ ރޯލަކީ ކުޑަ ރޯލެއް ނަމަވެސް މުހިންމު ރޯލެއް ކަމަށް ބުނެފަ އެވެ.

ކަރިޝްމާ އަކީ ގިނަ އަހަރުތަކެއް ވަންދެން ސްޓާ ޕްލަސްއިން ދެއްކި ޑްރާމާ "ކިއުންކީ ސާސްބީ ކަބީ ބަހޫތީ" އިން ފެނިގެންދިޔަ ޓީވީ ތަރިއެކެވެ. އެކްޓް ކުރުމުގެ އިތުރުން މޮޑެލް ވެސް ކުރާ ކަރިޝްމާ ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވަނީ ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 8" ގައި ބައިވެރިވި ފަހުންނެވެ. ކަރިޝްމާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2013 ވަނަ އަހަރު ނިކުތް ފިލްމު "ގްރޭންޑް މަސްތީ" އިންނެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގައި ސަންޖޭފެ ރޯލު ކުޅުމަށް ރަންބީރު ވަނީ ބަރުދަނުން 13 ކިލޯ ބަރުކޮށް، ހަށިގަނޑު ވަރުގަދަކޮށްފަ އެވެ.