ބޮލީވުޑް

ސީއައިއޭއަށް ވުރެ އަންހެނުން ޖާސޫސް ކުރަން މޮޅު: އަކްޝޭ

Mar 20, 2017
3

އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފިލްމު ކުޅެ، އެންމެ ގިނަ ފިލްމު ރިލީޒްވާ ތަރިއަކީ އަކްޝޭ ކުމާރެވެ. ޖެހިޖެހިގެން އަކްޝޭގެ ކާމިޔާބު ފިލްމުތަކެއް މި ފަހުން ރިލީޒްވެފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އަކްޝޭގެ "ޖޮލީ އެލްއެލްބީ 2" ނިކުމެފަ އެވެ.

މިހާރު އަކްޝޭ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު، "ޕެޑްމަން" ޝޫޓް ކުރަމުން އަންނައިރު، މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރާ "ނާމް ޝަބާނާ" ގައި ވެސް އޭނާ މުހިންމު ފެނިގެންދާނެ އެވެ.

"ނާމް ޝަބާނާ" އަކީ އަންހެން ޖާސޫސްކުރާ މީހެއްގެ ފެނިގެންދާ މިސްޓަރީ ކްރައިމް ފިލްމެކެވެ. އަކްޝޭ އާއެކު "ޕިންކް" އިން ވިދާލި ތަޕާސީ ޕަނޫ ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ ހޮނިހިރު ދުވަހު ރިލީޒް ކުރާއިރު މިއީ އެއްވެސް ގޮތަކަށް ނުބަލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫންކަން ޓްރެއިލާއިން ހާމަވެގެންދެ އެވެ. މިއީ އަކްޝޭ އާއި ތަޕާސީގެ އެކްޝަން މަންޒަރުތައް ގިނަ މޮޅު ފިލްމަކަށް ވާނެ ކަމަށް ބުނަމުން އަންނަ ފިލްމެކެވެ.

މި ފިލްމު އަންހެން ޖާސޫސަކަށް ބިނާވެފައިވާއިރު، ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަކްޝޭ ވަނީ ދުނިޔޭގެ އެންމެ ބޮޑު ޖާސޫސީ އިދާރާ ކަމަށްވާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި މޮސާދް އަށް ވުރެން ޖާސޫސް ކުރަން އަންހެނުން މޮޅުވާނެ ކަމަށް ބުނެފަ އެވެ.

"މިއީ މަޖަލަށް ބުނާ އެއްޗެއް ނޫން. ދުނިޔޭގެ އެންމެ މޮޅު ޖާސޫސުންނަކީ އަންހެނުން. މިކަމާ ހުރިހާ ފިރިހެނުން ނުވަތަ ފިރިން އެއްބަސްވާނެ" އަކްޝޭ ބުނެފައިވެ އެވެ.

އަކްޝޭ އިތުރަށް ވަނީ ފިރިހެނުންގެ ވިސްނުން ރަނގަޅުވާނީ ގެޖެޓުތަކާއި ގުޅޭ ކަންތައްތަކުގައި ކަމަށާއި އަންހެނުން ޖާސޫސްކުރަން ކުޅަދާނަކަން ހާމަވާ ކަމަކީ އެމީހުންނަށް ކަންކަމުގެ ހަގީގަތް ހޯދާލެއް އަވަސް ކަމުން ކަމަށެވެ.

"އަންހެންވެރިންގެ ގައިގައި ހީވާނީ އެންޓަނާއެއް ހުރެ، އެއަށް ހުރިހާ މެސެޖެއް ލިބޭހެން. އެހާވެސް ކުޅަދާނަ އެމީހުން ޖާސޫސްކުރަން" އަކްޝޭ ބުނެފައިވެ އެވެ.