ސިއްހަތު

ރާއްޖެ ޓީވީ އާއި ފިޓް ޒޯން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް

ރާއްޖެ ޓީވީ އާއި ފިޓް ޒޯން ގުޅިގެން "ސައްތަ ކިލޯ" ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ކަސްރަތު ޕްރޮގްރާމަކީ، ސިއްހަތު ރަގަޅު ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ އެ ޓީވީގެ ޑިވެލޮޕްމެންޓް މެނޭޖާ ސިމާނާ އިސްމާއީލެވެ. އަދި ފިޓް ޒޯން އާއި ބައިވެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިޓް ޒޯންގެ މެނޭޖިން ޕާޓްނާ އެންޑް ޖިމް އިންސްޓްރަކްޓާ އަހުމަދު ރިޔާޒް އެވެ.

މި ޕްރޮގްރާމް ލޯންޗް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖެ ޓީވީ ގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވަނީ މި ޕްރޮގްރާމްގެ ޓްރެއިލާ ދައްކާލާފަ އެވެ. އަދި މާދަމާއިން ފެށިގެން ރާއްޖެ ޓީވީ އިން މި ޕްރޮގްރާމްގެ ޓްރެއިލާ ދައްކާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ޕްރޮގްރާމް ބްރޯޑްކާސްޓް ކުރަން ފަށާނީ ރޯދަމަހު އެވެ.