ހަބަރު

ރޯދައަށް 19 މިސްކިތެއްގެ މަސައްކަތް ނިމެނޭ

Mar 23, 2017
1

އަންނަ ރޯދަ މަހަށް 19 މިސްކިތެއްގެ މަސައްކަތް ނިންމަން އިސްލާމިކް މިނިސްޓްރީން އަމާޒު ހިފައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ 12 އަތޮޅެއްގެ އެކި ރަށްރަށުގައި މިސްކިތް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށާއި އަންނަ ރޯދަ މަހު ބޭނުން ކުރެވޭ ވަރަށް މިސްކިތްތަކުގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އެއީ ދިވެހި ސަރުކާރާއި ސައުދީ ރަސްގެފާނުގެ އެހީގައި ބިނާ ކުރާ މިސްކިތްތަކުގެ އިތުރުން އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން ހަދާ މިސްކިތްތަކެވެ

މިދިޔަ އަހަރާއި މިއަހަރުގެ 18 މިސްކިތެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން ބައެއް މިސްކިތް މިހާރު ބޭނުން ކުރެ އެވެ.