ހަބަރު

ޕާކިސްތާނުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

Mar 23, 2017

ޕާކިސްތާނުގެ ޖުމްހޫރީ ދުވަސް، ޕާކިސްތާން ޑޭ ގެ މުނާސަބަތުގައި، އެ ގައުމުގެ ‏ރައީސް މަމްނޫން ހުސައިނާއި ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ.

‏ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުޙަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ.‏