ހަބަރު

ފުވައްމުލަކު ޗަސް ބިމުގައި އަނެއްކާވެސް ރޯވެއްޖެ

Mar 23, 2017
1

ފުވައްމުލައް ސިޓީ ޗަސް ބިމުގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ އެވެ. އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

މީގެ ކުރިން ވެސް އެ ސަރަހައްދުގައި އެކި ފަހަރު މަތިން އަލިފާން ރޯވެފައިވެ އެވެ. އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް އެ ސިޓީގެ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ފުލުހުން ވެސް ވަނީ އެ ހާދިސާތައް ތަހުގީގުކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އަލިފާން ރޯކުރާކަމުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.