އިތުބާރު ނެތް ކަމުގެ މައްސަލަ

"މަސީހަށްވުރެ އަޅުގަނޑުގެ ވޯޓް މަސީހަށް ޔަގީންވާނެ"

Mar 25, 2017
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓްގައި މަސީހަށްވުރެ އަޅުގަނޑުގެ ވޯޓް މަސީހަށް ޔަގީންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ވިދާޅުވެއްޖެ އެވެ.

ޝިނާން މިއަދު ވިދާޅުވީ މަސީހުގެ ވޯޓްގައި އެއްވެސް ބޭފުޅަށް މަސީހާ އެއްކޮޅަށް ޔަގީންކަން ދެއްވޭނެ ވަރަށް އޭނާގެ ވޯޓް މަސީހާ އެއްކޮޅަށް ޔަގީންވެ ވަޑައިގަންނަވާނެ ކަމަށާއި އޭނާގެ ވޯޓާއެކު މަޖިލީހުގެ ރައީސް މަސީހު ހޯމަ ދުވަހަށް ފަހުވެސް އިންނަވާނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ކަމަށެވެ.

"ފައިސާ އާއި މުދަލުން އަޅުގަނޑެއް ވެސް އަދި ޕީޕީއެމާއި އެމްޑީއޭ ޕީޖީ ގްރޫޕެއް ވެސް ނުގުޑާނެ، އަޅުގަނޑުމެނަކީ ވަކިއުސޫލު ތަކާކާއެކު ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ތިބި ބައެއް،" ޝިނާން ވިދާޅުވި އެވެ.

ޝިނާން ވިދާޅުވީ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކުރަނީ މަސީހާމެދު ހަސަދެވެރި ކަމެއް އަދި އަދި އެ މަނިކުފާނުގެ މަގާމު އަދާ ކުރެއްވުމުގައި މައްސަލައެއް އޮވެގެން ނޫން ކަމަށާއި ހުރިހާވެސް މައްސަލައަކީ ރައީސް އަބްދުﷲ ޔާމީން ކުރިޔަށް ވަޑައިގަންނަވާ ސްޕީޑްގައި ރާއްޖެ ހޯދަމުންގެންދާ ތަރައްގީގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ދެން ވެރިކަމަށް އައުމަށް އޮތް މަގުތައް ބަންދަވުމުން ދާތީ ހަސަދަވެރިވެފައިވުން ކަމަށެވެ.

"އެނޫން އެއްވެސް ސަބަބެއްނެތް. އަޅުގަނޑުމެން އިރާދަކުރެއްވިޔާ މަސީހުގެ ވޯޓް ކާމިޔާބުކޮށް ތަރައްގީގައި ކުރިޔަށްދާނަން. އަދި ހޯމަ ދުވަވަހުގެ ވޯޓް ލުމަށްޓަކައި އައިވީ ފުޅިއާއެކުގައިވިޔަސް އަޅުގަނޑު މަޖިލީހަށް ގޮސް މަސީހަށް ވޯޓް ޔަގީންކޮށް ދޭނަން،" ޝިނާން ވިދާޅުވި އެވެ.