އޮބިޗުއަރީ

ކދ. އަހުމަދު މަނިކު އަވަހާރަވެއްޖެ

Mar 25, 2017
1

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދި ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގައުމީ ހިދުމަތްތެރިޔާ، ކދ. އަހުމަދު މަނިކު (ފޮޓޯގައި) އަވަހާރަވެއްޖެ އެވެ. ކާފުދާލު އަހުމަދު މަނިކު އަވަހާރަވީ މިއަދު އިރުއޮއްސުނު ވަގުތު އޭޑީކޭ ހޮސްޕިޓަލްގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނިކޮށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ވަރަށް ހާއްސަ ޝަހުސިއްޔަތެއްގެ ގޮތުގައި ހިމެނިވަޑައިގެންފައިވާ އަދި ރާއްޖޭގެ ސްޕޯޓްސް ޑިވިޒަންގެ ވެރިޔާގެ މަގާމުވެސް ފުރުއްވެވި ކާފުދާލަކީ ސިފައިންގެ ހިދުމަތުގައި ވެސް ދުވަސްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ އިލެކްޝަން ކޮމިޝަނަރުގެ މަގާމާއި ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސް ވެރިޔާގެ މަގާމާއި ކޮންސްޓްރަކްޝަން މިނިސްޓަރީގެ ނައިބުގެ މަގާމާއި އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ވަރަށް މަޝްހޫރު އަދި މަގުބޫލް ހިދުމަތްތެރިއެކެވެ.

ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން އަދަބިއްޔާތާއި ދިވެހި ތާރީހުގެ ވެސް ހިދުމަތްތެރިއެކެވެ.